20 ޑިސެމްބަރ 2021 - 15:58

ކުޑަކުދިންނަށް ހާއްސަ "އަލްކަހޯލް" ފްރީ ބޮޑީ ސްޕްރޭއެއް ބިޔޯން ޓްރޭޑިން އިން ބާޒާރަށް ރާއްޖޭގެ ތައާރަފް ކޮށްފި އެވެ.
އެކި ގައުމުތަކުގައި ކުދިންގެ މަގުބޫލުކަން ލިބިފައިވާ "ސްޓްރޯބެރީ ޝޯޓްކޭކް" ބްރޭންޑްގެ މި ބޮޑީ ސްޕްރޭ ބިޔޯންޑް ޓްރޭޑިން އިން ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ލިބޭނެ އެވެ
ބިޔޯންޑް ޓްރޭޑިން އަކީ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ ބޮޑީ ސްޕްރޭ، ސެންޓު އަދި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމުގައި މަޝްހޫރު ކުންފުންޏެކެވެ. އެކުންފުނިން، އާ އަހަރާ ދިމާކޮށް މިއަދު ތައާރަޕް ކުރި ކުޑަކުދިންނަށް ހާއްސަ ބޮޑީ ސްޕްރޭއަކީ ރާއްޖޭގެ ބާޒާރުން ލިބެން ހުންނަ ބޮޑީ ސްޕްރޭއާ ހިލާފަށް އަލްކަހޯލްގެ ކުޑަ މިންވަރެއް ވެސް ނުހިމެނޭ މޮޅު އުފެއްދުމެކެވެ.
އަލްކަހޯލްގެ ސަބަބުން ކުޑަކުދިންގެ ހަންގަނޑަށް ލިބޭ ގެންލުންތަކުން ދުރުކޮށްދެ އެވެ. މި ބޮޑީ ސްޕްރޭގައި 10 ވައްތަރެއް ހިމެނެ އެވެ. މި އުފެއްދުންލޭބަލް ކޮށްފައިވަނީ ތުއްތު ކުދިންނާ ގުޅޭ ގޮތަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ފަދަ ކާޓޫން ކެރޭކްޓާތައް ހިމަނައިގެންނެވެ.
މި ބްރޭންޑްގެ ތުއްތު ކުދިންނަށް ހާއްސަ ސެންޓު އަދި ގިފްޓު ސެޓު ވަނީ މާކެޓަށް ތައާރަފްކޮށްފަ އެވެ. ސެންޓު އަދި ގިޕްޓް ސެޓުގެ ހަތަރު ވައްތަރެއް ހިމެނެ އެވެ. މި އުފެއްދުންތައް ވެސް ލޭބަލްކޮށްފައި ވަނީ ތުއްތު ކުދިން ގަޔާވާ، އުމުރާ ގުޅޭ ގޮތަކަށެވެ.
ބިޔޯންޑް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުން އެންމެ ގަޔާވާ އުފެއްދުންތަކާއި އާންމުގޮތެއްގައި ރާއްޖޭގެ ބާޒާރުން ލިބެން ނުހުންނަ މިފަދަ އުފެއްދުންތައް ތައާރަފްކޮށް މާކެޓަށް ނެރުން ކަމަށެވެ.
ބިޔޯންޑް އިން ދާދި ފަހުން ވަނީ ސްޕެއިންގެ މަޝްހޫރު ބިއުޓީ ބްރޭންޑުތައް ކަމަށްވާ "އެލީޓް" އާއި "ޒާރާ"ގެ ކޮސްމެޓިކްސް ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފަ އެވެ.
ބިޔޯންޑް ޓްރޭޑިން އިން ވިއްކާ ތަކެއްޗާއި އެ ތަކެތީގެ އަގު އެ ކުންފުނީގެ ވައިބާ ކޮމިއުނިޓީ އިން ބަލައިލެވޭނެ އެވެ. އަދި 9444550/9444551 އަށް ގުޅައިގެން ނުވަތަ ވައިބަ ކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. ހޯލްސޭލްކޮށް ނަގާ އޯޑަރުތައް މާލެ އާއި ހުޅުމާލެ އަދި ރަށު ބޯޓުތަކާއި ފެރީތަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. އަދި ޖަންބުމަގު ސެންޓްރަލް ކްލިނިކް ކައިރީ ހުންނަ ބިޔޯންޑުގެ ޝޯރޫމަށް ގޮސްގެން އެ ކުންފުނިން ވިއްކާ ތަކެތި ޓެސްޓު ކޮށްލެވޭނެ އެވެ.