މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން
މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން

ފިލިޕިންސަށް މި އަހަރު އެރި އެންމެ ބާރުގަދަ އެއް ތޫފާން ކަމަށްވާ "ރައި" ގެ ސަބަބުން ހާލުގައި ޖެހުނު ދިވެހި ކިޔަވާ ކުދިންގެ ހާލަތު ވަރަށް ދަށް ކަމަށާއި ސަރުކާރުން އެ ދަރިވަރުންނަށް އެހީ ނުލިބޭ ކަމަށް އެތަނުގައި ކިޔަވަމުން އަންނަ ކުދިން މިއަދު ބުނެފި އެވެ.

މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން
މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން

މިދިޔަ ބުރާސްފަތި ދުވަހު ގަޑިއަކު 121 މޭލު ބާރުމިނުގައި ވައިޖެހުނު ތޫފާނަށް ފަހު، ބިންގަނޑު ކަނޑައިގެން ގޮސް އެތައް ބައެއްގެ ގެދޮރު ވަނީ ގެއްލިފަ އެވެ. ބައެއް ހިސާބުތަކަށް އަދިވެސް ކަރަންޓު ނުލިބެ އެވެ.

މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން
މިތިބީ ވަރަށް ހާލުގައި، އެހީތެރިކަމެއް ނުލިބޭ: ފިލިޕިންސްގައި ތިބި ދިވެހި ދަރިވަރުން

ތޫފާނުގައި ވަރަށް ބޮޑަށް ގެއްލުންވި ސީބޫ ސިޓީގެ އެއާވޯކްސް އޭވިއޭޝަން އެކަޑެމީގައި ޕައިލެޓް ޓްރެއިނިން ހަދަމުން އަންނަ ދަރިވަރަކު "މިހާރު" އަށް ބުނީ ކޮޓަރިތަކަށް ގެއްލުން ލިބިފައި ހުރުމުން މިހާރު ނިދަމުން ދަނީ، ހޯލްވޭގެ ބިންމަތީގައި ގޮދަޑި އަޅައިގެން ކަމަށެވެ.

ފާއިތުވި ތިން ދުވަހު އުޅެމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ބުންޏެވެ.

"ކެއްކުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރިހާ ކުދިން ވެސް މި ބޭނުންކުރަނީ ކަރަންޓު ސާމާނު. ކަރަންޓު ނެތީމަ އެ އެއްޗެހި ބޭނުމެއް ނުކުރެވޭ. ކެއްކޭނެ ގޮތެއް ނެތް. އެއްޗެހި ގަނެވޭނެ ގޮތެއް ނެތް،" އޭނާ ބުންޏެވެ.

ދިރިއުޅޭ ސަރަހައްދާ ނުވަ ކިލޯ މީޓަރު ދުރަށް ގޮސްގެން މީހުންނަށް ގުޅަން ޖެހޭއިރު މޯލްއާ ހިސާބަށް ގޮސް ގުޅުމަށް ވެސް ކުރަން ޖެހެނީ އުނދަގޫ ދަތުރެކެވެ.

"މިހާރު މިގޮތަށް މިތަނަށް [މޯލް] އަށް އަންނަތާ ތިން ދުވަސްވީ. ނުވަ ކިލޯ މީޓަރުގެ ދަތުރުގައި ތިން ހަތަރު ވެހިކަލް އަށް ބަދަލުވެގެން އާދެވެނީ. އެއީ ވަކި ހިސާބަކުން ވެއްޓިފަ އޮތް ގެއެއް ނޫނީ ގަހެއް ކަރަންޓު ލޭނެއް ހުރަސް ކުރަން ކާރު ބަދަލުވާން ޖެހެނީ އެއް ހިސާބުން އަނެއް ހިސާބަށް ދާން،" އޭނާ ކިޔައިދިނެވެ.

ތޫފަނަށް ފަހު މަޑުމަޑުން އެކި ހިސާބުތަކަށް ދަތުރުކުރެވޭނެ މަގު ފަހިވި ނަމަވެސް ދަތުރުތަކުގެ އަގު އުފުލެން ފަށާފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ހިއްސާކުރި އެވެ.

"ކުރިން ގެއިން މި ހިސާބަށް އަޅުގަނޑުމެން އަންނަނީ 60 ޕޭސޯ އަށް. އިއްޔެ 400 ޕޭސޯ އަށް. މިއަދު 600 ޕޭސޯ އަށް. އަގު މައްޗަށް އެރީ މިކޮޅުގައި ކަރަންޓް ނެތިގެން ތެޔޮ ޕަމްޕް ނުކުރެވިގެން ތެޔޮގެ އަގު މަތިވެގެން."

ފެން ލިބުމަށް ވެސް ދަތިވެފައިވާތީ މި ކުދިން އުޅެނީ ކައިރި ގެތަކުގެ ފެން ވަޅުން ފެން ވަރައިގެންނެވެ. މިވީ ތިން ދުވަހުގެ ތެރޭގައި ވެސް ބޯނެ ފެންފޮދު ހުސްނުވެ ހުރީ ތޫފާނުގެ ކުރިން ވެސް ހުރިހާ ދަރިވަރުން ވަރަށް ގިނަ އަދަދަކަށް ގެއަށް ފެން ވައްދާފައި ހުރީތީ ކަމަށް ވެސް އެ ދަރިވަރު ބުންޏެވެ.

"ބޯފެން އެބަހުރި. ސްކޫލުން ވެސް ބޯފެން ގެނެސްދީފި. ކޮންމެވެސް އެއް ގަޑިއެއްގައި ރަނގަޅަށް ކައިފަ ދެން ހުރިހާ ގަޑިއެއްގައި ވެސް ހުސް ލުއި އެއްޗެހިން ހުރިހާ ދަރިވަރުން ވެސް މި ހިފަހައްޓާލަނީ."

އިތުރު އެހެން ދަރިވަރަކު ބުނީ ސަރުކާރުގެ އެހީއަށް އެދިފައިވާ ކަމަށާއި އެކަމަކު "ވަރަށް ސްލޯ" ކަމަށެވެ.

"އެ މީހުން [ސަރުކާރުން] ބުނަނީ ޑިޒާސްޓާ މެނޭޖްމަންޓުން އަަންނާނެއޭ. އެކަމަކު މިއީ ހަތަރު ވަނަ ދުވަސް. އަދިވެސް ހަބަރެއް ނުވޭ،" އޭނާ ބުންޏެވެ.

މި ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުދިން އުޅޭ ސަރަހައްދަކީ ފޭރޭ މީހުންގެ އުނދަގޫ ވެސް ވަރަށް ބޮޑު ސަރަހައްދަކަށް ވުމެވެ.

"ފޭރޭ މީހުންގެ އުނދަގޫ އޮތް ވަރަކީ މިކަންވި ދުވަހު ސްކޫލުން އައި މީހުން ވެސް ބުނީ ވަރަށް ބަލައިގެން އުޅެން. ފޭރޭ މީހުންގެ އުނދަގޫ ވާނެއޭ."

ތޫފާނުގައި ޖެހުނު ވައިގައި ސްކޫލުގެ ދަގަނޑު ގޭޓް "ފަތްޖެހިފައި" ވާތީ މި ދަރިވަރުން ނިދަނީ ގަޑި ބަހައިގެންނެވެ.

"އެއް ބަޔަކު ރޭގަނޑު ނިދައިފަ އަނެއް ބަޔަކު ހެނދުނު ނިދަނީ މިހާރު."

މި ދަރިވަރުންނާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ ކުދިންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިނިސްޓްރީން ދަރިވަރުންނަށް ގުޅައިގެން ވެސް ހާލަތު ބަލަމުން އަންނަ ކަމަަށް ބުނެ އެވެ.

"ތޫފާނުގެ އަސަރުކޮށްގެން އުޅެނީ ހަމައެކަނި ދިވެހި ކިޔަވާ ކުދިންނަކަށް ނޫން. އެ ގައުމުގެ ރައްޔިތުންނަށް ވެސް އެތައް ދަތިތަކެއް ވަނީ ކުރިމަތިވެފައި. ދަރިވަރުންނަށް ފެނާއި ކާބޯތަކެތި ލިބޭނެ،" މިނިސްޓްރީން ބުންޏެވެ.

ތޫފާން، "ރައި" ގައި ފިލިޕިންސްގެ ގިނަ ބައެއްގެ ގެދޮރާއި ބައެއް ހޮސްޕިޓަލުތަކާއި ސްކޫލުތަކެއް ވެސް ވަނީ ބިމާ ހަމަވެފަ އެވެ. އެ ގައުމުގެ ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ތޫފާނުގައި 208 މީހަކު މަރުވެފައިވެ އެވެ. އަދި 52 މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު 490,000 މީހަކު އެކި ސަރަަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ.