ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި
ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި

ބާސެލޯނާ (ޑިސެމްބަރު 19) - ސްޕެނިޝް ލަ ލީގާގައި ބާސެލޯނާ އިން ރޭ އަމިއްލަ ދަނޑުގައި ފަހު ވަގުތު ޖެހި ގޯލުން 3-2 އިން އެލްޗޭ ބަލިކޮށް، ޓޭބަލްގެ ގަދަ ހަތަރަކާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.

ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި
ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި

ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައި ނުވާ ބާސެލޯނާ ވަނީ އެލްޗޭގެ މައްޗަށް ކުރި ހޯދައި، 17 މެޗުން 27 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ހަތްވަނައަށް ޖެހިލައިފަ އެވެ. ހަތަރު ވަނައިގައި އޮތީ 18 މެޗުން 30 ޕޮއިންޓް ހޯދައިފައިވާ ރަޔޯ ވަޔެކާނޯ އެވެ.

ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި
ފަހު ވަގުތު އެލްޗޭ ބަލިކޮށް، ބާސެލޯނާ ހަމަޖެހުން ހޯދައިފި

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 16 ވަނަ މިނިޓުގައި އުސްމާން ޑެމްބެލޭ ނަގައިދިން ކޯނަރުގައި ބޮލުން ޖަހައި ކާމިޔާބު ކޮށްދިނީ ފެރާން ޖުގްލާ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން ބާސާގެ ދެވަނަ ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ގަވީ އެވެ.

ގަވީގެ މި ލަނޑާ އެކު އޭނާ އަކީ ބާސެލޯނާގެ ތާރީހުގައި އެ ޓީމަށް ލަނޑު ޖަހައިދިން ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ގަވީ މި ޝަރަފް ހޯދީ ލެޖެންޑް ލިއޮނެލް މެސީ އަށް ވުރެ 196 ދުވަހުގެ ތަފާތަކުންނެވެ. ގަވީ ބާސެލޯނާ އަށް ރޭ ލަނޑު ޖަހައިދިން އިރު އޭނާގެ އުމުރަކީ 17 އަހަރާއި 135 ދުވަހެވެ.

ކުލަބުގެ ތާރީހުގައި އެންމެ ޒުވާން އުމުރުގައި ލަނޑު ޖެހި ދެ ކުޅުންތެރިންނަކީ، އުމުރުން 16 އަހަރާއި 306 ދުވަހުގައި ލަނޑު ޖެހި އަންސޫ ފާޓީ އަދި 17 އަހަރާއި 53 ދުވަހުގައި ލަނޑު ޖެހި ބޮޔާން ކްރިކް އެވެ.

ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއްގައި ވަނިކޮށް، ދެވަނަ ހާފުގައި އެލްޗޭ އިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނިޓުގައި އެލްޗޭގެ ފުރަތަމަ ލަނޑު ޓެޓޭ މޮރެންޓޭ ޖަހައިދިންއިރު އެއްވަރުކުރީ 63 ވަނަ މިނިޓުގައި ޕެރޭ މިލާ ޖެހައިދިން ލަނޑުންނެވެ.

ބާސެލޯނާ މޮޅު ކޮށްދިން ލަނޑު މެޗު ނިމެން ފަސް މިނިޓަށްވެފައި ވަނިކޮށް ޖަހައިދިނީ، ފަހު ހާފުގައި ކުޅެން ނުކުތް ޒުވާން މިޑްފީލްޑަރު ނިކޯ ގޮންޒާލެޒް އެވެ.

ޓޭބަލްގެ ހަތްވަނައިގައި ބާސެލޯނާ އޮތްއިރު، އެންމެ ފަހުގެ ލީގު ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ބާސެލޯނާއާ އެއްވަރަށް، 17 މެޗު ކުޅެގެން 29 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް ރޭ ވ ވަނީ ލީގުގެ ދެވަނައިގައި އޮތް ސެވިއްޔާއާ ވާދަކޮށް ފަހު ވަގުތު، 2-1 އިން ބަލިވެފަ އެވެ.

ހާފުގެ މެދަކާ ހިސާބުން މިޑްފީލްޑަރު އިވާން ރަކިޓިޗުގެ ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން މެޗުގެ ހަތްވަނަ މިނިޓުގައި ސެވިއްޔާ އަށް ލީޑު ނަގައިދީފައި ވަނިކޮށް 33 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް އެއްވަރު ކޮށްދިނީ ބްރެޒިލްގެ ސެންޓަބެކް ފިލިޕޭ އެވެ. ސެވިއްޔާ މޮޅު ކޮށްދިން ލަނޑު 88 ވަނަ މިނިޓުގައި ޖަހައިދިނީ ލީކަސް އޮކެމްޕޮސް އެވެ.

މިއީ އެތުލެޓިކޯ މެޑްރިޑް ލީގުގައި ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އެ ޓީމު ވަނީ މި މަހު ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާއާ ވާދަކޮށް ވެސް ބަލިވެފަ އެވެ.

ޓޭބަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް މިރޭ އަމިއްލަ ދަނޑުގައި ކާޑީޒްއާ ދެކޮޅަށް ނުކުންނައިރު، ބާސެލޯނާ އަށް ދެން ލީގުގައި އޮތީ އަންގާރަ ދުވަހުގެ ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.