މި މީހާ ކައިރިއަށް ބޯކޮށަން ދާން ކެރިދާނެތަ؟
މި މީހާ ކައިރިއަށް ބޯކޮށަން ދާން ކެރިދާނެތަ؟

އާއްމުކޮށް މަރުތޭލާއި ކޯރާޑި ފަދަ ތަކެތި ބޭނުންކުރަނީ ލަކުޑި ބުރިކުރުން ފަދަ މަސައްކަތް ތަކަށެވެ. ނަމަވެސް މޮރޮކޯގައި ބޯކޮށާ ތަނެއްގައި މަރުތޭލާއި ކޯރާޑި ގެންގުޅެނީ މީހުންގެ ބޯކޮށައިދޭށެވެ.

މި މީހާ ކޯރާޑި އާއި މަރުތެޔޮ ބޭނުންކޮށްގެން މީހެއްގެ ބޯކޮށައިދޭ ވީޑިއޯއެއް ޔޫޓިއުބުން ފެނުނެވެ. އަދި މި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަރަށް ބާރަށް ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯ އަށް ބަލާލުމުން ހިތަށްއަރަނީ އެންމެ ސުވާލެކެވެ. ބޯކޮށާ މީހާގެ އަތް ކައްސާލައިގެން ދިޔުން ފަދަ ގޮތެއް ވެގެން އެންމެ ފަހަރަކު ނަމަވެސް މީހާގެ ބޮލުގައި ޖެހިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

މި މީހާ ކައިރިއަށް ބޯކޮށަން ދާނީ ވެސް ވަރަށް ހިތްވަރުގަދަ މީހުންނެވެ.