ކޮރެއާއިން ރާއްޖެއަށް އަސްކަރީ އުޅަނދެއް ހަދިޔާކޮށްފި
ކޮރެއާއިން ރާއްޖެއަށް އަސްކަރީ އުޅަނދެއް ހަދިޔާކޮށްފި

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދު މިއަދު ރާއްޖެ ގެނެސްފި އެވެ.

ރާއްޖެ ގެނައި އެ އުޅަނދަކީ ބޭނުންކުރާނީ އެމްއެންޑީއެފް އިން ބުނި ގޮތުގައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ. އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައި ވަނީ މިއީ 20 މީޓަރު ދިގުމިނުގެ އުޅަނދެއް ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އުޅަނދު ހިދުމަތުގައި ބޭނުންކުރަން ފަށާނީ އަދި ފަހުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.