ގޯލްޑެން ގްލޯބް އެވޯޑްސް 2022: ދެ ފިލްމަކަށް 7 ނޮމިނޭޝަން
ގޯލްޑެން ގްލޯބް އެވޯޑްސް 2022: ދެ ފިލްމަކަށް 7 ނޮމިނޭޝަން

އަންނަަ މަހު ބާއްވާ 79 ވަނަ ގޯލްޑެން ގްލޯބްސްގެ ނޮމިނޭޝަންތަކުގެ ކުރި "ބެލްފާސްޓް" އާއި "ދަ ޕަވަ އޮފް ދަ ޑޯގްސް" އަށް ލިބިއްޖެ އެވެ.

މިއިން ކޮންމެ ފިލްމަކަށް 7 ނޮމިނޭޝަން ލިބުނެވެ.

ކެނެތު ބްރަނާގެ "ބެލްފާސްޓް" އަށް ނޮމިނޭޝަންތަކަކީ ބެސްޓް މޯޝަން ޕިކްޗާ (ޑްރާމާ)، ބެސްޓް ސްކްރީންޕްލޭ (ކެނެތު ބްރަނާ)، ބެސްޓް ސަޕޯޓިން އެކްޓްރެސް (ކެއިޓްރިއޯނާ ބަލްފޭ)، ބެސްޓް ސަޕޯޓިން އެކްޓަރު (ޖެމީ ޑޯނަން/ޝިއާރަން ހިންޑްސް)، ބެސްޓް ޑައިރެކްޓަރު (ކެނެތު) އަދި ބެސްޓް އޮރިޖިނަލް ސޯންގް (ޑައުން ޓު ޖޯއި) އެވެ.

ޑައިރެކްޓަރު ޖޭން ކެމްޕިއަން މިދިޔަ މަހު ގެނެސްދިން "ދަ ޕަވަ އޮފް ދަ ޑޯގްސް" ގެ ނޮމިނޭޝަންތަކަކީ ބެސްޓް ސްކްރީންޕްލޭ (ޖޭން)، ބެސްޓް ސަޕޯޓިން އެކްޓްރެސް (ކާޒްޓެމް ޑަންސްޓް)، ބެސްޓް އޮރިޖިނަލް ސްކޯ، ބެސްޓް އެކްޓަރު (ބެނެޑިކްޓް ކަމްބެކް)، ބެސްޓް ޑައިރެކްޓަރު (ޖޭން)، ބެސްޓް ސަޕޯޓިން އެކްޓަރު (ކޯޑީ-ސްމިޓް-މެކްފީ) އަދި ބެސްޓް ޕިކްޗާ އެވެ.

* ބެސްޓް ޕިކްޗާ، ޑްރާމާ: ބެލްފާސްޓް، ކޯޑާ، ޑޫން، ކިންގް ރިޗަޑް، ދަ ޕަވަ އޮފް ދަ ޑޯގްސް

* ބެސްޓް އެކްޓްރެސް، މޯޝަން ޕިކްޗާ (ޑްރާމާ): ޖެސިކާ ޗެސްޓައިން (ދި އައިޒް އޮފް ދަ ޓެމީ ފޭ)، އޯލިވިއާ ކޯލްމަން (ދަ ލޮސްޓް ޑޯޓާ)، ނިކޯލް ކިޑްމަން (ބީން ދަ ރިކާޑޯސް)، ލޭޑީ ގާގާ (ހައުސް އޮފް ގުޗީ)، ކްރިސްޓިން ސްޓުވަޓް (ސްޕެންސާ)

* ބެސްޓް އެކްޓަރު މޯޝަން ޕިކްޗާ، ޑްރާމާ: މެހެރުޝާލާ އަލީ (ސްވޯން ސޯންގް)، ޖޭވިއާ ބާޑެމް (ބީން ދަ ރިކާޑޯސް)، ބެނެޑިކްޓް ކަމްބަބެކް (ދަ ޕަވަ އޮފް ދަ ޑޯގްސް)، ވިލް ސުމިތު (ކިންގް ރިޗަޑްސް)، ޑެންޒިލް ވޮޝިންޓަން (ދަ ޓްރެޖެޑީ އޮފް މެކްބެތު)

* ބެސްޓް އެކްޓަރު (މޯޝަން ޕިކްޗާ، މިއުޒިކަލް ކޮމެޑީ): ލިއޮނާޑޯ ޑި ކެޕްރިއޯ (ޑޯންޓް ލުކް އަޕް)، ޕީޓާ ޑިންކްލޭޖް (ސައިރާނޯ)، އެންޑްރޫ ގާފީލްޑް (ޓިކް ޓިކް...ބޫމް)، ކޫޕާ ހޮފްމަން (ލިކޯރައިސް ޕިއްޒާ)، އެންތަނީ ރަމޯސް (އިން ދަ ހައިޓްސް)

* ބެސްޓް އެކްޓްރެސް (މޯޝަން ޕިކްޗާ، މިއުޒިކަލް ކޮމެޑީ): މެރިއޯން ކޮޓިލާޑް (އެނެޓް)، އަލާނާ ހައިމް (ލިކޯރައިސް ޕިއްޒާ)، ޖެނިފާ ލޯރެންސް (ޑޯންޓް ލުކް އަޕް)، އެމާ ސްޓޯން (ކްރޫއެލާ)، ރެޗެލް ޒެގްލާ (ވެސްޓް ސައިޓް ސްޓޯރީ)

* ބެސްޓް ޑައިރެކްޓަރު (މޯޝަން ޕިކްޗާ): ކެނެތު ބްރަނާ (ބެލްފާސްޓް)، ޖޭން ކެމްޕިއަން (ދަ ޕަވަ އޮފް ދަ ޑޯގްސް)، މެގީ ޖިލެންހާލް (ދަ ލޮސްޓް ޑޯޓާ)، ސްޓީވެން ސްޕީލްބާގް (ވެސްޓް ސައިޓް ސްޓޯރީ)، ޑެނިސް ވިލެނޯވް (ޑޫން)

* ބެސްޓް ސަޕޯޓިން އެކްޓަރު (މޯޝަން ޕިކްޗާ): ބެން އެފްލެކް (ދަ ޓެންޑަ ބާ)، ޖެމީ ޑޯނަން (ބެލްފާސްޓް)، ޝިއާރަން ހިންޑްސް (ބެލްފާސްޓް)، ޓްރޯއި ކޮޓްސޫ (ކޯޑާ)، ކޯޑީ ސްމިޓް (ދަ ޕަވަ އޮފް ދަ ޑޯގްސް)،

* ބެސްޓް ސްކްރީންޕްލޭ: ބެލްފާސްޓް، ދަ ޕަވަ އޮފް ދަ ޑޯގްސް، ޑޯންޓް ލުކް އަޕް، ބީން ދަ ރިކާޑޯސް، ލިކޯރައިސް ޕިއްޒާ

* ބެސްޓް ސަޕޯޓިން އެކްޓްރެސް: ކެއިޓްރިއޯނާ ބެލްފޭ (ބެލްފާސްޓް)، އަރިއަނާ ޑިބޯޒް (ވެސްޓް ސައިޑް ސްޓޯރީ)، ކާސްޓެމް ޑަންސްޓް (ދަ ޕަވަ އޮފް ދަ ޑޯގްސް)، އޯންޖޯނޭ އެލިސް (ކިންގް ރިޗަޑް)، ރުތު ނެގާ (ޕާސިން)

* ބެސްޓް އޮރިޖިނަލް ސޯންގް: ބީ އެލައިވް (ކިންގް ރިޗަޑް)، ޑޯސް އޮރޫގިޓަސް (އެންކާންޓޯ)، ޑައުން ޓު ޖޯއި (ބެލްފާސްޓް)، ހިއާ އައި އޭމް (ރެސްޕެކްޓް)، ނޯ ޓައިމް ޓު ޑައި (ނޯ ޓައިމް ޓު ޑައި)

* ބެސްޓް އޮރިޖިނަލް ސްކޯ: ދަ ފްރެންޗް ޑިސްޕެޗް، އެންކާންޓޯ، ދަ ޕަވަ އޮފް ދަ ޑޯގްސް، ޕެރެލަލް މަދާސް، ޑޫން

* ބެސްޓް މޯޝަން ޕިކްޗާ (އެނިމޭޓެޑް): އެންކާންޓޯ، ފްލީ، ލޫކާ، މައި ސަނީ މާޑް، ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން

* ބެސްޓް ފޮރިން ލެންގްއޭޖް، ބެސްޓް ޕިކްޗާ: ކޮމްޕާޓްމަންޓް ނަމްބަ 6 (ޖަރުމަން)، ޑްރައިވް މައި ކާ (ޖަޕާން)، ދަ ހޭންޑް އޮފް ގޯޑް (އިޓަލީ)، އަ ހީރޯ (ފްރާންސ/އިރާން)، ޕެރެލަލް މަދާސް (ސްޕެއިން)

* ބެސްޓް ޓެލެވިޝަން ސީރީޒް: ލޫޕިން (ނެޓްފްލިކްސް)، ދަ މޯނިން ޝޯ (އެޕަލް ޓީވީ ޕްލަސް)، ޕޯސް (އެފްއެކްސް)، ސްކްއިޑް ގޭމް (ނެޓްފްލިކްސް)، ސަކްސެޝަން (އެޗްބީއޯ/އެޗްބީއޯ މެކްސް)

އޮސްކާގެ ފަހަތުން ފިލްމުތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ފާހަގަކޮށްލެވޭ ގޯލްޑެން ގްލޯބްސްގެ އަންނަ އަހަރުގެ އެވޯޑް ހަފުލާ އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ.