ޑްރަގާ އެކު އަތުލައިގަތީ ޑްރަގް ޓްރެފިކިން ދައުވާއިން ސަލާމަތްވި ބަޔަކު
ޑްރަގާ އެކު އަތުލައިގަތީ ޑްރަގް ޓްރެފިކިން ދައުވާއިން ސަލާމަތްވި ބަޔަކު

ރޭ އަތުލައިގަތް މަސްތުވާތަކެއްޗަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށް ދައުވާކުރުމުން ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ދާދި ފަހުން ކޯޓުން މިނިވަންކުރި ބައެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޑްރަގާ އެކު އަތުލައިގަތީ ޑްރަގް ޓްރެފިކިން ދައުވާއިން ސަލާމަތްވި ބަޔަކު
ޑްރަގާ އެކު އަތުލައިގަތީ ޑްރަގް ޓްރެފިކިން ދައުވާއިން ސަލާމަތްވި ބަޔަކު

ޓެކްސީއެއްގައި ގެންދަނިކޮށް ރޭ އިރާކޮޅު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެނގިފައިވާ ގޮތުގައި ރޭ ތިރީހަކަށް ކިލޯގެ ޑްރަގްސް ވަނީ ފެނިފަ އެވެ. ނަމަވެސް މިއީ ކޮން ބާވަތެއްގެ ޑްރަގްސްއެއް ކަމެއް އަދި ނޭނގެ އެވެ.

މި ތަކެތި އެތެރެކުރި މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް "މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވާއިރު މީގެ ތެރޭގައި ހިމެނެނީ ކުރިން ފުލުހުން އަތުލައިގަތް ޑްރަގް ނެޓްވޯކެއްގެ ބައެކެވެ.

މި މީހުންނަކީ ވަރަށް އިންތިޒާމްވެގެން ގިނަ ބަޔަކު ބައިވެރިވެގެން ހިންގަމުން އަންނަ ޑްރަގް ނެޓްވޯކެކެވެ. ގިނަ އަދަދެއްގެ ޑްރަގްސްއާ އެކު މި މީހުން މީގެ ކުރިން އަތުލައިގަނެ ދައުވާކުރި ނަމަވެސް ނެޓްވޯކުގައި އެންމެ އިސްކޮށް ތިބި މީހުން ވަނީ ސަލާމަތްވެފަ އެވެ.

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަނިކޮށް މި ފަހުން ވަނީ އެތައް ސަތޭކަ ކިލޯއެއްގެ ޑްރަގްސް އަތުލައިގެންފަ އެވެ. ނަމަވެސް ގިނަ ކޭސްތަކުގައި އެންމެންހެން ވަނީ ކޯޓު މަރުހަލާގައި ސަލާމަތްވެފަ އެވެ.