އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ސްރީ ލަންކާ ކައިރިން އެންމެ ސެޓެއް ވެސް ނުލިބި، އިންޓަނޭޝަނަލް އެކުވެރިކަމުގެ ވޮލީ މެޗު ސީރީޒްގެ ހުރިހާ މެޗެއް ވެސް ލަންކާއިން ކާމިޔާބު ކޮށްފި އެވެ.

އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ލަންކާ އާއި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި މިރޭ ވެސް ލަންކާއިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗުގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-18، 25-18 އަދި 25-19 އިންނެވެ.

އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ
އެންމެ ސެޓެއް ވެސް ނުލިބި، ތިން މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

ލަންކާ އާއި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ، ރާއްޖޭގެ ޓީމުގެ ފަރާތުން ކުރިއެރުން ފެނުނެވެ. ތިންވަނަ މެޗުގެ ކުރިން އެއްދުވަހުގެ ބްރޭކެއް ލިބުމުން އުންމީދު ކުރެވުނީ ރާއްޖޭގެ ކުޅުން ރަނގަޅުވާނެ ކަމަށެވެ.

އެކަމަކު އުންމީދު ކުރިވަރުގެ ކުޅުމެއް ދިވެހި ޓީމަށް ނުދެއްކުނެވެ. ހާއްސަކޮށް ފުރަތަމަ ދެ ސެޓްގައި ރާއްޖޭގެ ކުޅުން ފެނުނީ ދަށްކޮށެވެ. ތިންވަނަ ސެޓްގައި ރާއްޖޭގެ ކުޅުން ރަނގަޅު ކުރި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗު އިސްމާއީލް ސާޖިދު (ކާއްޓޭ) ވެސް ބުނީ ޓީމުގެ ފަރާތުން ފެނުނީ އުންމީދު ކުރި ކުޅުމެއް ނޫން ކަމަށެވެ.

"މި ޓީމަށް ވަރަށް މުހިންމު ކަމެއް މިގޮތަށް ގިނަ މެޗުތަކެއް ކުޅުން ވެސްމީ. މެޗުތައް ކުޅޭ ވަރަކަށް ކުރިއެރުން ފެންނާނެ،" ކައްޓޭ ބުންޏެވެ.

ރާއްޖެ އާއި ލަންކާ ވެސް ތައްޔާރު ވަމުން އަންނަނީ މިމަހު ފަހުކޮޅު ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށެވެ. ރާއްޖެ ވާދަކުރާ ސެންޓްރަލް ޒޯންގެ ބީ ގުރޫޕް ނުވަތަ ސައުތު އޭޝިއާ މެންސް ޗެލެންޖް ކަޕުގެ ނަމުގައި ބަންގްލަދޭޝްގައި ބާއްވާ މުބާރާތް އޮންނާނީ މި މަހު 21-29 އަށެވެ.

ސެންޓަރަލް ޒޯންގައި ރާއްޖެ ހިމެނޭ ފަޅީގައި މުޅިން އަލަށް ވާދަކުރަނީ ލަންކާ އާއި އުޒްބެކިސްތާނެވެ. ދެން އޮތް ދެ ގައުމު، ނޭޕާލާއި ބަންގްލަދޭޝް އަކީ ސެންޓްރަލް ޒޯން މުބާރާތުގައި މީގެ ކުރިން ރާއްޖެ ކުޅެފައިވާ ދެ ގައުމެވެ.

ސެންޓްރަލް ޒޯން ފިރިހެން މުބާރާތަށް ފަހު އަންހެން މުބާރާތް ވެސް ބަންގްލަދޭޝްގައި އޮންނާނެ އެވެ. އެ މުބާރާތުގެ ތާރީހު އަދި ފައިނަލެއް ނުވެ އެވެ.