އެމްޑީޕީގައި އިސްކޮށް އުޅުއްވި ނަޒާކީ ޒަކީ ޕީޕީއެމަށް
އެމްޑީޕީގައި އިސްކޮށް އުޅުއްވި ނަޒާކީ ޒަކީ ޕީޕީއެމަށް

އެމްޑީޕީގައި މީގެ ކުރިން އިސްކޮށް ހަރަކާތްތެރިވި އަހުމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

ޒަކީ ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޕީއެލްގައި 8 މިލިއަން ރުފިޔާގެ ވައްކަމެއް ހިންގާފައިވާ ކަމަށް ވިދާޅުވުމަށް ފަހުގަ އެވެ.

އެމްޑީޕީ އުފެދުނު އިރު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ޒަކީ ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

އޭނާ މިރޭ ޕީޕީއެމް އަށް ސޮއިކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ޕާޓީ ފޯމް ހަވާލު ކުރައްވައިފަ އެވެ.

ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު މިރޭގެ ޖަގަހަ ޖަލްސާގައި ޒަކީ ވާހަކަ ވެސް ދެއްކެވި އެވެ.