ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ
ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ

ރާއްޖެ އިން ކޮރަޕްޝަން ނައްތާލަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މުޖުތަމައުގެ ދީނީ އަގީދާ ވަރުގަދަކުރުން ކަމަށް، ކޮރަޕްޝަނާ މެދު ދެކޭގޮތް ބަލަން ފުވައްމުލަކުގައި ކުރި ދިރާސާގައި ބައިވެރިވި ގިނަ ބަޔަކު ބުނެފި އެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ
ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުވައްމުލަކުގައި ކުރި ދިރާސާގެ ރިޕޯޓް މިއަދު ވަނީ އާއްމުކޮށްފަ އެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ
ފުވައްމުލަކުގެ ގިނަ ބަޔަކު ދެކެނީީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަ ކުރަންޖެހޭ ކަމަށް: ދިރާސާ

އޮޑިޓަ ޖެނެރަލްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭސީސީގެ ރައީސް ހަސަން ލުތުފީ އާއްމުކުރެއްވި ރިޕޯޓުގައި ބުނީ ކޮރަޕްޝަން ނައްތާލަން ދީނީ އަގީދާ ވަރުގަދަކުރަން ޖެހޭ ކަމަށް ދިރާސާގައި ބައިވެރިވި 59 ޕަސެންޓް މީހުން ދެކޭ ކަމަށެވެ. ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ދޭން ޖެހޭ ކަމަށް 18 ޕަސެންޓް މީހުން ބުނެފައިވާއިރު، 17 ޕަސެންޓް މީހުން ބުނެފައި ވަނީ ނަޒާހަތްތެރިކަން ކުރިއަރުވަން ޖެހޭ ކަމަށެވެ.

- ދިރާސާގައި ބައިވެރިވި 54 ޕަސެންޓް މީހުންނަށް ކޮރަޕްޝަނަކީ ކޮބައިކަން އެނގޭ.

- ބައިވެރިންގެ 51 ޕަސެންޓް މީހުން ގަބޫލުކުރަނީ ކޮރަޕްޝަން ހުއްޓުވަން އޭސީސީން މަސައްކަތް ކުރާ ކަމަށް.

- ކޮރަޕްޝަން ނައްތާލަން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ދީނީ އަގީދާ ވަރުގަދަ ކުރުން ކަމަށް 59 ޕަސެންޓް މީހުން ގަބޫލުކުރޭ.

- ދިރާސާގެ ބައިވެރިންގެ ތެރެއިން 27 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަން ނައްތާލަން އެންމެ މުހިއްމު މަސައްކަތް ކުރެވޭނީ ސަރުކާރާއި ރައްޔިތުންނަށް.

- ކޮރަޕްޝަނަށް ހޭލުންތެރިކުރުވަން ދައްކާ އޭސީސީގެ ޓީވީ ސިލްސިލާ "ބިތުފަންގި" 62 ޕަސެންޓް މީހުން ނުބަލާ.

- ގިނަ ބަޔަކު ދެކޭގޮތުގައި އޭސީސީ އަށް މައްސަލަ ހުށަހަޅަން އެންމެ ފަސޭހަ ގޮތަކީ ފޯނުކޮށްގެން.

ކޮރަޕްޝަނާ މެދު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ފުވައްމުލަކުގެ ގޭގެއަށް ސުވާލު ކަރުދާސް ބަހައިގެން ކުރިއަށް ގެންދިޔަ ދިރާސާގައި 400 މީހުން ބައިވެރިވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ، ވަކި މަސައްކަތެއް ނުކޮށް ގޭގައި ތިބޭ އަންހެނުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ދިރާސާގައި 78 ޕަސެންޓް އަންހެނުން ބައިވެރިވިއިރު ދިރާސާގައި ސުވާލުކޮށްފައި ވަނީ 22 ޕަސެންޓް ފިރިހެނުންނާ އެވެ.

ވަޒީފާތަކުގައި އުޅޭ މީހުންގެ އަދަދު މަދުވީ، އޭސީސީން ބުނިގޮތުގައި، ދިރާސާ ކުރިއަށް ގެންދިޔައީ ރަސްމީ ދުވަހެއްގައި ކަމުން ސުވާލު ކަރުދާސް ހިފައިގެން ގޭގެއަށް ދިޔައިރު، ގިނަ ބަޔަކު އޮފީހުގައި ތިބުމުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮރަޕްޝަން ނައްތާލަން އެކަށީގެންވާ ގޮތެއްގައި އޭސީސީން މަސައްކަތް ކުރާ ކަމަށް 51 ޕަސެންޓް މީހުން ގަބޫލުކުރެ އެވެ. އަދި ކޮރަޕްޝަން ނައްތާލަން އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސަރުކާރާއި ރައްޔިތުންނަށް ކަމަށް ވެސް ގިނަ ބަޔަކު ދެކޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓް ނެރެދެއްވުމަށް ފަހު އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ މި ދިރާސާގެ ނަތީޖާއަށް ރިއާޔަތްކޮށް، ކޮރަޕްޝަން ނައްތާލައި އާއްމުން ހޭލުންތެރިކުރުވަން ކަމާގުޅޭ އިދާރާތަކާ އެކު އޭސީސީން މަސައްކަތް ކުރާނެ ކަމަށެވެ. ކޮރަޕްޝަނަށް ހޭލުންތެރިކުރުވަން އޭސީސީން ކުރާ މަސައްކަތް ވެސް އަންނަ އަހަރު އިތުރަށް ވަރުގަދަކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނާ މެދު އާއްމުން ދެކޭގޮތް ބަލަން މީގެ ކުރިން ހދ. އަތޮޅާއި ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭސީސީން ބުންޏެވެ.