ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި
ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި

ލަންކާގެ ގައުމީ ވޮލީ ޓީމާ ދެކޮޅަށް ރާއްޖެއިން ކުޅުނު ދެވަނަ މެޗުން ވެސް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެ އެވެ.

ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި
ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗުގައި، ދިވެހި ޓީމުން ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ފަހު ދެ ސެޓުގައި ރާއްޖޭގެ ކުޅުން ރަނގަޅެވެ. ލަންކާގެ ކޯޗް ޖަޔަސަރަ ޗަންނަ ވެސް ވަނީ ރާއްޖޭގެ ކުޅުންތެރިން މި މެޗުގައި ދެއްކި ކުުޅުން ރަނގަޅުކަން ފާހަގަކޮށްފަ އެވެ.

ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި
ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި

ތިން މެޗުގެ ސީރީޒެއް ގޮތަށް ރާއްޖެ އާއި ލަންކާ ދެމެދު ކުޅޭ މެޗުތަކަކީ މިމަހު ފަހުކޮޅު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗުތަކެކެވެ. ރާއްޖެ ހިމެނޭ ސެންޓްރަލް ޒޯން ފަޅީގައި މިފަހަރު ލަންކާ ވެސް ވާދަކުރާނެ އެވެ. ރާއްޖެ އާއި ލަންކާ ކުޅޭ ތިން ވަނަ މެޗު އޮންނާނީ އާދިއްތަ ދުވަހުގެ ރެ އެވެ.

ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި
ދެވަނަ މެޗުން ވެސް ލަންކާއިން ރާއްޖެ ބަލިކޮށްފި

ރޭގެ ސެޓްތައް ލަންކާއިން ގެންދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ.

ކުރީ ރޭ ކުޅުނު މެޗުގެ އެއްވެސް ސެޓެއްގައި ރާއްޖެއަށް ފުރަތަމަ ޕޮއިންޓެއް ނުހޯދުނެވެ. އެކަމަކު ރޭގެ ފުރަތަމަ ސެޓްގައި ވެސް ރާއްޖެއިން ފުރަތަމަ ޕޮއިންޓް ހޯދި އެވެ. ޕޮއިންޓެއްގެ ލީޑަކާ އެކު ފެށި ނަމަވެސް، ދިވެހި ޓީމަށް ސާވިސް ބޭކާރުކޮށްލެވުމުގެ މައްސަލަ ރޭ ވެސް ކުރިމަތިވި އެވެ. ފުރަތަމަ ހޯދި ޕޮއިންޓާއެކު ކެޕްޓަން އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ކުރި ސާވިސް އަމާޒުވީ ނެޓަށެވެ.

ލަންކާއން ނަތީޖާ ހަމަހަމަކޮށް އިތުރު ތިން ޕޮއިންޓް ހޯދައި ތިން ޕޮއިންޓަށް ލީޑް ފުޅާކުރި އެވެ. އެކަމަކު ރާއްޖެއިން ވެސް ދެ ޕޮއިންޓް ހޯދައި ފަރަގު ކުޑަ ކުރި އެވެ. އަލުން ރާއްޖެއަށް ލަންކާ އާ ހަމަހަމަ ކުރެވުނީ ލަންކާގެ ގޮނަރާގަމަގެ ލަސިންދު ފޮނުވާލި ބޯޅަ، އާދަމް ފައިރޫޒް ބްލޮކް ކުރުމުން ފަހިވި ބޯޅައިން ކުޑަކާއްޓޭ ބާރު ޝޯޓެއް ފޮނުވާލައިގެންނެވެ. ރާއްޖެއަށް 4-4 އިން ޕޮއިންޓް ހަމަހަމަވި އެވެ.

ދިވެހި ޓީމުން ފުރަތަމަ ސެޓަށް ނުކުތީ ޝުއައިބް އަބްދުއް ލަތީފް ފުރަތަމަ ހައެއްގައި ހިމަނައިގެންނެވެ. މިއީ އިންޓަނޭޝަނަލް މެޗެއްގައި ގައުމީ ޓީމުގައި އޭނާ ފުރަތަމަ ހައެއްގެ މެޗެވެ. ބައެއް ބޯޅަތައް އޭނާ އަށް ރިސީވް ނުކުރެވި ދިޔަ އެވެ. އެކަމަކު ލަންކާގެ މަހޭލަ އިންޑީވަރާ ފޮނުވާލި ބާރު ބޯޅަތަކެއް ރިސީވްކޮށް، ރާއްޖެއަށް ޕޮއިންޓްތައް ހޯދައިދިނުމުގައި ޝުއައިބް ވަނީ އެހީވެ ދީފަ އެވެ.

ލަންކާއިން ހަ ޕޮއިންޓްގެ ލީޑެއްގައި ހިފަހައްޓައިގެން ތިބި ވަގުތު، ކުޑަކާއްޓޭ ބެކް ކޯޓުން ނެގި ބާރު ޝޮޓެއް ރިސީވް ކުރުމުގައި ލަންކާގެ ކުޅުންތެރިންނަށް އުނދަގޫ ވެގެންދިޔަ އެވެ. އެބޯޅަ ގޮސް ޖެހުނީ ސީދާ ލަންކާގެ ކޯޓްގެ މެދަށެވެ. ސެޓްގެ ދެވަނަ ޓެކްނިކަލް ޓައިމްއައުޓަށް ފަހު އެނބުރި އައިސް ލަންކާގެ ޓީމަށް ކުޅެން އުނދަގޫވި އެވެ. ރާއްޖެއިން ޖެހިގެން ތިން ޕޮއިންޓް ހޯދީ ލަންކާގެ ކުޅުންތެރިންނަށް ހެދުނު އާދައިގެ މިސްޓޭކުތަކުންނެވެ. ރާއްޖޭގެ ހުސައިން ޝާހިދު (ޝާޑް) ކުރި ސާވިސް ވެސް ލަންކާގެ ކުޅުންތެރިންްންގެ އަތުގައި ޖެހިފައި ދޫވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ.

ލަސިންދު ފޮނުވާލި ބޯޅައެއް ބްލޮކަށް އެރި ފައިރޫ އަތުގައި ޖެހިފައި ބޭރަށް ދިއުމުން ވެސް، ރެފްރީ ނިންމީ ރާއްޖެ އަށް ޕޮއިންޓް ލިބުނީ ކަމަށެވެ. ރެފްރީގެ ނިންމުމާމެދު ލަންކާގެ ކުޅުންތެރިން އެޕީލް ކުރި އެވެ. ރެފްރީ ނިންމުން ބަދަލުކޮށް ލަންކާ އަށް ޕޮއިންޓް ދިނެވެ. އެކަމަކު އޭގެ ފަހުން ދިޔަ ބޯޅައެއްގައި ލަސިންދު ނެޓްގައި ޖެހުނު ކަމަށް ރެފްރީގެ ނިންމުމުން އެކަމާމެދު ހިތްހަމަނުޖެހުނެވެ. ރާއްޖެއިން އިތުރު ޕޮއިންޓެއް ހޯދުމުން ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހިފައި ތިބި ލަންކާ ޓީމު ޕްރެޝަރަށް ދިޔައީ ކަމަށް ބެލެވުނަސް ލަންކާއިން އެނބުރި އައިސް ޕޮއިންޓްތަކެއް ހޯދައި ގޭމް ބޯލް ޕޮއިންޓާ އެއް ޕޮއިންޓަށް ފަރަގު ކުޑަކުރި އެވެ. ދެން އައީ ލަންކާގެ ދަނުޝްކާ ދިލްޝަން ފޮނުވާލި ބާރު ބޯޅަ އެވެ. ރާއްޖޭގެ ކުޅުންތެރިން ބްލޮކް ކުރަން މަސައްކަތް ކުރި ނަމަވެސް ދަނުޝްކާ ފޮނުވާލި ބޯޅަ އައިސް ޖެހުނީ ރާއްޖޭގެ ކޯޓުގެ ޓޭޕް މަތީގަ އެވެ.

އެ ޕޮއިންޓުން ގޭމްބޯލް ޕޮއިންޓަށް ވާސިލުވި އެވެ. ދެން ވެސް އައީ ދަނުޝްކާގެ ބާރު ޝޮޓެކެވެ. އޭނާ ފޮނުވާލި އެޓޭކް ރާއްޖޭގެ އަލީ ހުޒާމް (ހުޒާންޓޭ) އަށް ރަނގަޅަށް ރިސީވް ނުކުރެވުމުން ލަންކާއަށް ޕޮއިންޓް ހޯދައި ސެޓް ކާމިޔާބު ކުރި އެވެ.

ދެވަނަ ސެޓްގައި ލަންކާއިން ފުރަތަމަ ޕޮއިންޓް ހޯދި އެވެ. ލަސިންދު ފޮނުވާލި ބާރު ހަމަލާ ބްލޮކް ކުރަން އެރި ކުޅުންތެރިންނަށް ދިފާއު ނުކުރެވުނެވެ. އެކަމަކު އޭގެ ފަހުން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) ބާރު ޝޮޓެއް ނަގައި ރާއްޖެ އަށް 1-1 އިން ޕޮއިންޓް ހަމަހަމަކޮށްދިނެވެ. އެޑަމް ފޮނުވާލި ބާރު ޝޮޓް ބްލޮކް ކުރަން ލަންކާގެ ތިން ކުޅުންތެރިން މަސައްކަތް ކުރި އެވެ. އެކަމަކު އެ އެޓޭކް ބްލޮކް ކުރެވޭ ގޮތެއް ނުވި އެވެ. ރޭ ކުޅުނު ތިން ސެޓްގައި ވެސް ލަންކާގެ މައްޗަކަށް އެންމެ ފަހަރަކު ވެސް ރާއްޖެއަށް ލިޑެއް ނެގިފައެއް ނުވެ އެވެ.

އެކަމަކު ރޭގެ ދެވަނަ ސެޓްގައި ލަންކާއިން ލީޑް ނެގި ފަހުން ރާއްޖެއިން ފަހަތުން އަރައި ފުރަތަމަ ފަހަރަށް ލީޑް ނެގި އެވެ. ހުޒާންޓޭ ފޮނުވާލި ބާރު އެޓޭކުން ރާއްޖެއިން ފުރަތަމަ ފަހަރަށް ލިޑު ނެގި އެވެ. ދެން އައި ބޯޅައިގައި ހުޒާންޓޭ ފޮނުވާލި އެޓޭކު ބްލޮކް ކުރަން އެރި ލަންކާގެ ކުޅުންތެރިން އަތުގައި ޖެހިފައި ދިއުމުން ރާއްޖެއަށް ލިޑް ފުޅާކޮށްލެވުނީ ކަމަށް ހީކޮށް ދިވެހި ކުޅުންތެރިން އުފާފާޅު ކުރި އެވެ. އެކަމަކު ރެފްރީ ނިންމީ ހުޒާންޓޭ ޖަމްޕު ޖެހިއިރު އޭނާގެ ފައި ލަންކާގެ ކޯޓްގެ ލައިން ހުރަސްކޮށްފައިވާ ކަމަށެވެ. އެހެންވެ ލަންކާ އަށް ޕޮއިންޓް ދީ ޕޮއިންޓް އަނެއްކާ ވެސް ހަމަހަމަ ވިއެވެ.

މި ސެޓްގެ ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ފަހު ރާއްޖެއިން ރަނގަޅަށް ފެށި އެވެ. އެޑަމް ފޮނުވާލި ހަމަލާ ލަންކާގެ ކުޅުންތެރިންނަށް ރިސީވެއް ނުކުރެވުނެވެ. ލަންކާއިން 10 ޕޮއިންޓް ހޯދައި ހަ ޕޮއިންޓްގެ ލީޑެއް ނެގުމުން ރާއްޖެއިން ޓައިމްއައުޓެއް ނެގި އެވެ. އެކަމަކު ނެގި ޓައިމްއައުޓަށް ފަހު އޭގެ ބޭނުމެއް ނުހިފުނެވެ. ލަންކާއިން ޕޮއިންޓް ހޯދައި ހަތް ޕޮއިންޓަށް ލީޑް ފުލާ ކުރި އެވެ. އެ ޓީމުގެ ލިބަރޯ ވިޖެސަރަ ލަކްމަލް ފޮނުވާލި އެޓޭކް، ރާއްޖޭގެ އެޑްމް އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ.

އެ ސެޓްގެ ޓެކްނިކަލް ޓައިމްއައުޓަށް ފަހު ރާއްޖޭ ކުޅުން ރަނގަޅުކޮށް ވިދިވިގެން ޕޮއިންޓްތަކެއް ހޯދި އެވެ. ލަންކާއިން އެ ސެޓްގެ 21 ޕޮއިންޓްގައި ވަނިކޮށް ރާއްޖެއިން ކައިރިކަިރީގައި ގިނަ ޕޮއިންޓަކެއް ހޯދައި 17 ޕޮއިންޓާ ހަމައަށް ވާސިލުވި ހިސާބުން ލަންކާގެ ކުޅުންތެރިން ފާހަގަ ކުރީ އެހެން މައްސަލަ އެކެވެ. އެއީ ރާއްޖެއަށް ޕޮއިންޓް އިތުރަށް ދީފައިވާ ކަމަށެވެ. ލަންކާގެ ކުޅުންތެރިން އެޕީލް ކުރީ ރާއްޖެ އަށް ލިބެން ޖެހޭނީ 16 ޕޮއިންޓް ކަމަށެވެ. ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކުރުމުން، ލަންކާގެ ކޯޗް ޖަޔަސަރަ އަށް ރީނދޫކާޑު ވެސް ދެއްކި އެވެ. އެ ސެޓްގައި ރާއްޖޭގެ ކުޅުން ރަނގަޅު ކުރިއަސް އެއްވަރެއްގައި ފޯމް ނުހިފެއްޓުނެވެ.

ދެ މެޗުގައި ކުޅުނު ހަ ސެޓްގެ ތެރެއިން، ލަންކާއާ ދެކޮޅަށް ރާއްޖެހިން މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ރޭގެ ތިން ވަނަ ސެޓްގަ އެވެ. އެ ސެޓްގައި ދެފަހަރެއްގެ މަތިން ރާއްޖެ އިން ލީޑް ނެގި އެވެ. ސެޓްގެ ކުރީކޮޅުގެ އިތުރަށް ސެޓްގެ ދެވަނަ ޓެކްނިކަލް ޓައިމްއައުޓަށް ކައިރިވެފައި ވަނިކޮށް ރާއްޖެއިން ވަރަށް ރަނގަޅަށް ކުޅުނެވެ.

ފައިރޫޒް ރަނގަޅު ބްލޮކްތަކެއްކޮށް ލަންކާގެ އެޓޭކްތައް ހުއްޓުވި އެވެ. އަދި އޭނާ ވަނީ ރަނގަޅު އެޓޭކްތަކެއްކޮށް ވިދިވިދިގެން ރާއްޖެ އަށް ޕޮއިންޓަކެއް ވެސް ހޯދައިދީފަ އެވެ ޝާޑް ސެޓްކޮށް ދިން ބޯޅަތަކުގައި ހުޒާންޓޭ އާއި ކުޑަ ކާއްޓޭ އެޓޭކްތަކެއްކޮށް ޕޮއިންޓަކެއް ހޯދި އެވެ. ސެޓްގެ މެދެއްހާ ހިސާބުން ލަންކާ އޮތީ ވަރަށް ބޮޑަށް ޕްރެޝަރުގަ އެވެ. ޓެކްނިކަލް ޓައިމްއައުޓާ އެންމެ ޕޮއިންޓަކަށް ރާއްޖެއިން ގާތް ވެފައި ވަނިކޮށް ލަންކާއިން ޓައިމްއައުޓެއް ނެގި އެވެ. ބޭނުމަކަށްވީ އެވަގުތު ދިވެހި ޓީމުން ދެމެހެއްޓި ފޯމް މެދުކަނޑާލުމެވެ. އެ ޓައިމް އައުޓަށް ފަހުއެނބުރި އައިސް އެޑަމް ފޮނުވާލި އެޓޭކަކުން ރާއްޖެއިން 16 ޕޮއިންޓް ހަމަހަމަ ކުރި އެވެ. އެޑަމް ފޮނުވާލި ބޯޅަ ނެޓުގައި ހޭކިލާފައި ފުރޮޅިގެން ގޮސް ވެއްޓުނީ ލަންކާގެ ކޯޓުގެ ތެރެއަށެވެ.

މި ސެޓުގައި ވެސް ލަންކާގެ ކުޅުންތެރިން ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހުނެވެ. އެއާޔާއެކު އެ ޓީމަށް ރަތް ކާޑެއް ދައްކައި ރާއްޖެއަށް ޕޮއިންޓެއް ވެސް ދިނެވެ. ޕްރެޝަރުގައި ލަންކާއިން ކުޅެން ޖެހުނަސް ސެޓް އަނބުރާލުމުގައި އެ ޓީމުން ކާމިޔާބު ހޯދި އެވެ.