ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް
ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރި "ހިޔާ" ފްލެޓްތައް ފެނިފައި މި ސަރުކާރުގެ އިސްވެރިންގެ ހަމަ ނިދި ގެއްލިފައިވާ ކަމަށް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް
ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް

"ކޮތަރު ކޮށި"ގެ ނަމުގައި އިދިކޮޅުން މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ސަލީމް ވަނީ ހިޔާ ފްލެޓްތަކަށް ކޮތަރު ކޮށީގެ ނަން މި ސަރުކާރުން ދީފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް
ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް

"މުރައިދޫ ރަސްގެފާނު [ކުރީގެ ރައީސް މުހަންމަދު ނަޝީދު] އަށް އެނގިވަޑައެއް ނުގަންނަވާ ކޮތަރަކީ ކޯއްޗެއް ކަމެއް."

ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް
ހިޔާ ފްލެޓްތައް ފެނިފައި ސަރުކާރުގެ ނިދި ހިނގައްޖެ: ސަލީމް

ކޮތަރަކީ މުސްލިމުން ވަރަށް ހާއްސަ ކަމެއް ދޭއެއްޗެއް ކަން ތާރީހުން އެނގޭކަން ފާހަގަކުރައްވައި އެކަން ސާފުކޮށްދެއްވަމުން އޭނާ ކިޔައިދެއްވީ ރަސޫލާގެ ޒަމާނުގައި ހިނގައިދިޔަ ދެ ހާދިސާއެއްގެ ވާހަކަ އެވެ.

"މި ފްލެޓްތައް ފެނުނު ފަހުން، މި މީހުން [ސަރުކާރަށް] ހަމަ ނިންޖެއް ނުލިބޭ. ހަމަ ނިންޖެއް ނުލިބޭ އެއްގޮތަކަށް ވެސް. ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިދި ކުރައްވަނީ އެތައް ގުޅައެއް ބޭސް ފަރިއްކުޅަވައިގެން،" ސަލީމް ވިދާޅުވި އެވެ.

މާލެ ސަހައްދުގައި އެތައް ފިހާރައެއް ހިންގަވާ މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި ޔާމީން ތަރައްގީ ކުރެއްވި 25 ބުރީގެ 16 ޓަވަރާއި ސިނަމާލޭގެ ބްރިޖު ފެނުމުން މި ސަރުކާރަށް ލިބެނީ ހައިރާން ކަމެކެވެ. މިއީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ސަރުކާރުގެ އިސްވެރިންގެ ސިކުނޑިއަށް ނާންނަ ކަމަށް އޭނާ ވިިދާޅުވި އެވެ.

"ކުރީ ޒަމާނުގައި އަބޫޖަހުލު މިސާލަކަށް މަތިންދާބޯޓު މިހެން ދުއްވަފާނެއޭ ހިތަށް އަރާނެތޯ. އެ ސިކުނޑި މި އިންނަނީ މި މީހުންގެ ސިކުނޑީގައި. ކުރިއަށް އޮތް މުސްތަގުބަަލަކަށް ރޮކެޓެއް ހަދާފާނެ ކަމަކަށް ނާދޭ ސިކުނޑިއަކަށް،" ސަލީމް ވިދާޅުވި އެވެ.

ފާޑުވިދާޅުވަމުން އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ތިބީ ހުސް "ގަމާރުން"ނެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ފަސް އަހަރުގެ ޖަލު ހުކުމުން ދެ އަހަރު ފަހުން ޔާމީން މިނިވަންވިއިރު، ސަލީމް ވިދާޅުވި ގޮތުގައި އެ މަނިކުފާނަށް ޖަަލަށް ވަޑައިގަންނަވަން ޖެހުނީ ވެސް ސަރުކާރާ ހެދި އެވެ.

"ކޯލިޝަން ލީޑަރުންގެ ތެރޭގައި މަޝްވަރާ ކުރީ ޔާމީނާ މެދު ކަންތައް ކުރާނެ ގޮތަކަށް. އެއް ބަޔަކު ނަސޭހަތް ދެނީ އުމުރަށް ޔާމީން ބަހައްޓަން ޖެހެނީ ޖަލުގައޭ. އަނެއް ބަޔަކު މި ބުނަނީ ޔާމީންވީ ރަށުން ބޭރަށް ފޮނުވައިލާށޭ. ތަފާތު ގޮތްގޮތަށް ހުށަހަޅައިގެން ނިންމީ ޖަލު ގޮޅިއެއްގައި އެކަނިމާއެކަނި ބަހައްޓަން،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ކޯލިޝަން ލީޑަރުންގެ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާ އިން ރާއްޖެއަށް ކުރިން ކަނޑައެޅި ސަފީރު ސަންޖޭ ސުދީރެވެ. އެކަން ހިއްސާ ކުރެއްވީ ރައީސް އޮފީހުގައި އުޅުއްވާ ބޭފުޅުން ކަމަށް ސަލީމް ވިދާޅުވި އެވެ.

މި ސަރުކާރުން ބޭނުންވަނީ ރާއްޖޭގައި ހުރިހާ ދީންތަކެއް ހުއްދަކުރަން ކަމަށާއި އެކަމަކު އެކަން ކުރެވެން އޮތީ ޔާމީން "ނައްތާލައިގެން" ކަމަށް ސަލީމް ރޭ ވިދާޅުވި އެވެ.