09 ޑިސެމްބަރ 2021 - 15:26

މި އަހަރުގެ މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ކ. ގާފަރުގައި ފާހަގަކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، "ފިޝަރީޒް އެކްސްޕޯ" އެއް މިއަދު އެ ރަށުގައި ހުޅުވައިފި އެވެ.
މިއަދު ހެނދުނު މި އެކްސްޕޯ ހުޅުއްވައިދެއްވީ ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ހުސެއިން ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ ކުރިއެރުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މަސްވެރިކަމަށް ލުއިތައް އައިސްފައިވާ ކަމަށެވެ.
ޒަމާނީ ވަސީލަތްތަކުގެ ސީދާ ބޭނުން މިފަދަ އެކްސްޕޯއެއް މެދުވެރިކޮށް މަސްވެރިންނަށާއި އާއްމު ރައްޔިތުންނަށް ވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސްވެރިކަމުގެ އުފެއްދުންތަކާއި އެކަމާއި ގުޅުންހުރި މައުލޫމާތުތައް މި އެކްސްޕޯ މެދުވެރިކޮށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހެނދުނުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް މި އެކްސްޕޯ ގާފަރު ބަނދަރު ސަރަހައްދުގައި ކުރިއަށްދާނެ އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މަސްވެރިކަމުގެ ދާއިރާގެ ފަރާތްތަކުގެ ތެރެއިން މަސް ޕްރޮސެސް ކުރުމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި، ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ބައްޓަންކުރުމަށް އިސްކޮށް އުޅުއްވާ ބައެއް ފަރާތްތަކަށް ދާއިރާގެ މައުލޫމާތުތައް އަންގައިދިނުމެވެ.