މި އަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓުގެ މެއިން ޕާޓްނަރަކަށް އުރީދޫ
މި އަހަރު ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓުގެ މެއިން ޕާޓްނަރަކަށް އުރީދޫ

މި އަހަރު މާލޭގައި ބާއްވާ އެންމެ ބޮޑު ނައިޓްމާކެޓުގެ މެއިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

"ސިޓީ ނައިޓްމާކެޓް"ގެ ނަމުގައި މި މަހުގެ 26ގައި ފަށާ މި ނައިޓްމާކެޓަކީ ޕްރިޒަމް ހޯލްޑިންސް އިން ބާއްވާ ނައިޓް މާކެޓެކެވެ. މި މާކެޓުގައި ތަކެތި ވިއްކަން ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫން ބުނީ އާއްމުކޮށް ނައިޓް މާކެޓުތަކުގައި ވިއްކާ ސާމާނާއި ކާބޯތަކެތި ވިއްކަން 238 ސްޓޯލް ދޫކުރާނެ ކަމަށެވެ. މީގެ ތެރެއިން 189 ސްޓޯލް މިހާރު ވެސް ވަނީ ބުކްކޮށްފަ އެވެ.

މި ނައިޓްމާކެޓް ކުރިއަށްދާ ސަރަހައްދުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ.

މި ނައިޓްމާކެޓު ކުރިއަށްދާނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށެވެ.