09 ޑިސެމްބަރ 2021 - 14:54

އައްޑޫ ހުޅުމީދު އާއި ފޭދުއާ ދެމެދު ސައިކަލުތަކަށް ހާއްސަ ފެރީ ދަތުރުތައް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
މި ދަތުރުތަކުގައި އެމްޓީސީސީން ބޭނުންކުރާ ފެރީތަކުގައި 15 ސައިކަލާއި 60 މީހުންގެ ޖާގަ ހުންނާނެ އެވެ.
މި ދަތުރުތަކުގައި ކޮންމެ ސައިކަލަކަށް ނަގާނީ 20ރ. އެވެ.
އެމްޓީސީސީން ވަނީ މި ހިދުމަތް ފެށުމަށް ދެ ރަށުގައި ވެސް ސައިކަލު އަރުވައި ބޭލުމަށް ލިފްޓު ބަހައްޓާފަ އެވެ. މިއީ އެކި ދިޔަވަރުތަކުގައި ސައިކަލު އަރުވަން ދަތިވެދާނެތީ އެކަން ހައްލު ކުރުމަށް ބެހެއްޓި ލިފްޓެކެވެ.
ސައިކަލް ފެރީގެ ހިދުމަތް ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ލިބޭނެ އެވެ. އެގޮތުން، ކޮންމެ ދުވަހަކު ތިން ދަތުރު އޮންނާނެ އެވެ.