ފެލިވަރު ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފި
ފެލިވަރު ބަނދަރު ފުން ކުރުމުގެ މަސައްކަތް ފަށައިފި

ޅ. ފެލިވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތް އެމްޓީސީސީން އިއްޔެ ފަށައިފި އެވެ.

މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރަނީ ކަޓާ ސަކްޝަން ޑްރެޖަރު، ޖައްރާފާ 2 އެވެ.

މި މަޝްރޫއުގެ ދަށުން 229،663.36 ކިއުބިކް މީޓަރުގެ ބަނދަރު ފުންކޮށް، އެއްގަމު ތޮއްޓަކާއި ބޭރު ތޮއްޓެއް ލާނެ އެވެ.

ފެލިވަރުގެ ބަނދަރު ތަރައްގީ ކުރާނީ ހަ ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެ ރަށުގެ ބިން ހިއްކަނީ ކޯލްޑް ސްޓޯރެޖުގެ ވަސީލަތްތައް އިތުރަށް ފުޅާ ކުރުމަށެވެ.

މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 350 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.