08 ޑިސެމްބަރ 2021 - 14:26

މާލެއިން މީހަކު ގެއްލިގެން މިއަދު ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ދ. މީދޫ، ނޫރާނީވިލާ، އަލީ އިސްމާއިލް، 54، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރިކަމުގައި ވިޔަސް މިހާތަނަށް އެކަން ކާމިޔާބުވެފައިވާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީދުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، އަލީ އިސްމާއިލަކީ މަހަށްދާ މީހެކެވެ. އޭނާ މަހަށް ދަނީ އެކި ފަހަރު އެކި ރަށްރަށުގެ ދޯނިންނެވެ. އޭނާ އެންމެ ފަހުން މަހަށް ދިޔައީ އައްޑޫގެ ދޯންޏަކުންނެވެ. އޭނާ ބުނި ގޮތުގައި އިސްމާއިލަކީ މޮބައިލް ފޯނު ގެންގުޅޭ މީހެއް ނޫނެވެ. މީގެ މަހެއް ކުރިން އޭނާގެ އާއިލާގެ މީހުންނަށް ގުޅީ ވެސް އެހެން މީހެއްގެ ފޯނުންނެވެ. އޭރު އޭނާ ހުރީ މާލޭގަ އެވެ.