07 ޑިސެމްބަރ 2021 - 14:59

ފަހު މެޗުގައި ސްޓިންގާސްގެ މައްޗަށް ކާމިޔާބު ހޯދައި، ފުރަތަމަ ފަހަރަށް ބޭއްވި ވީކެންޑް ބާސްކެޓްބޯލް ލީގުގެ ޗެމްޕިއަންކަން ރެޑް ވިންގްސް ބީސީ ހޯދައިފި އެވެ.
މާފަންނު ސްޓޭޑިއަމްގެ އައުޓްޑޯ ބާސްކެޓްބޯލް ކޯޓުގައި ރޭ ކުޅުނު މެޗު ފަހަތުން އަރައި ރެޑް ވިންގްސް ކާމިޔާބުކުރީ 25 ޕޮއިންޓުގެ ތާފަތަކުންނެވެ. ރެޑް ވިންގްސް އިން ހޯދީ 66 ޕޮއިންޓެވެ. ސްޓިންގާސް އަށް ހޯދުނީ 41 ޕޮއިންޓެވެ.
ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ، ރެޑް ވިންގްސްގެ މި ތައްޓަކީ ރާއްޖޭގެ ބާސްކެޓްގެ ޓޮޕް ލެވަލްގައި ރެޑްވިންގްސް އިން ހޯދި ފުރަތަމަ ކާމިޔާބެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަނުން މުޅިން އަލަށް ބޭއްވި މުބާރާތަކީ މި އަހަރުގެ ކަލަންޑަރާ އެއްގޮތަށް މުބާރާތްތައް ނުބޭއްވުމުން، ކްލަބުތަކުގެ މަޝްވަރާގެ މަތިން ބޭއްވި މުބާރާތެކެވެ.