އެމްއައި ކޮލެޖުގެ ޖެނުއަރީގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި
އެމްއައި ކޮލެޖުގެ ޖެނުއަރީގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އިންޓެކްގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު އެމްއައި ކޮލެޖުން ހުޅުވާލައިފި އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރު ވެސް އެ ކޮލެޖުން ސެޓްފިކެޓް ލެވެލާއި ޑިޕްލޮމާ އާއި ގްރެޖުއޭޓާއި ޕޯސްޓް ގްރެޖުއޭޓް އަދި މާސްޓާސްގެ ކޯސްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އާ ޕްރޮގްރާމުތަކެއް ވެސް އަންނަ އަހަރަށް ވަނީ ތައާރަފު ކޮށްފަ އެވެ.

- ބިޒްނަސް އެޑްމިނިސްޓްރޭޝަން.

- ޕަބްލިކް އެޑްމިނިސްޓްރޭޝަން.

- އެކައުންޓިން.

- ފައިނޭންސް.

- އިންފޮމޭޝަން ޓެކްނޮލިޖީ.

- ހިއުމަން ރިސޯސަސް މެނޭޖްމަންޓް

- ޕްރައިމަރީ އަދި ސެކަންޑްރީ އެޑިއުކޭޝަން.

- އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން.

- ސޮފްޓްވެއާ އިންޖިނިއަރިން.

- ގްރެފިކްސް.

- މަލްޓިމީޑިއާ.

- ދިވެހި ބޭސްވެރިކަން.

- ބަހުރުވަތަކާ ގުޅޭ ކޯސްތައް.

- ސެޓްފިކްޓް 3 އިން ގާޑެނިން.

- ބެޗްލާ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓް.

- މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން.

- މާސްޓާ އޮފް އިސްލާމިކް ސްޓަޑީސް.

- މާސްޓާ އޮފް ކޮންޓެމްޕްރަރީ ޕޮލިސީން އެންޑް ލީޑަޝިޕް.

ޖެނުއަރީގެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން މި މަހުގެ ނިޔަލަށް ކޯސްތަކަށް އެދި ހުށަހަޅާ ދަރިވަރުންގެ ޓިއުޝަން ފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި ސްކޮލަޝިޕަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް 100 ޕަސެންޓާއި 50 ޕަސެންޓުގެ ސްކޮލާޝިޕްތައް ލިބޭނެ އެވެ.

ސްކޮލާޝިޕަށް އެދި ހުށަހަޅަން ޖެހޭ ފޯމު އެމްއައި ކޮލެޖުގެ ވެބްސައިޓު www.micollege.edu.mv މެދުވެރިކޮށް ނުވަތަ އެމްއައި ކޮލެޖުގެ ފްރޮންޓް ޑެސްކުން ލިބޭނެ އެވެ.

ކޯސްތަކަށާއި ސްކޮލަޝިޕަށް އެދޭ ދަރިވަރުންނަށް މައި ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް އެޕްލައި ވެސް ކުރެވޭނެ އެވެ.

އެމްއައި ކޮލެޖަކީ ތައުލީމީ ދާއިރާ އިން ތަފާތު ކުރިއެރުންތައް ހޯދާފައިވާ ކޮލެޖެކެވެ. އެ ކޮލެޖުގެ މަސައްކަތްތަކަށް ގައުމީ ފެންވަރުގައި ދޭ ގޯލްޑް 100 އެވޯޑާއި ބައިނަލްއަގްވާމީ ފެންވަރުގައި ދޭ ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑުގެ ދެ އެވޯޑެއް ވަނީ ލިބިފަ އެވެ. އެއީ އެކްސެލެންސް އިން އީ ލާނިން އެވޯޑާއި އިމާޖިން އެޑިއުކޭޝަން އިންސްޓިޓިއުޓްގެ އެވޯޑެވެ.