07 ޑިސެމްބަރ 2021 - 14:07

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރެއްވުމަށް، "ކޮތަރު ކޮށި" ނަމުގައި ހުޅުމާލޭގައި އަންނަ ހުކުރު ދުވަހުގެ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އެ ޖަލްސާ އޮންނާނީ އަންނަ ހުކުުރު ދުވަހުގެ ރޭ 8:30 ގައި "ހިޔާ ޕާކު" ސަރަހައްދުގައި ކަަމަށެވެ.
"މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ހިޔާގެ ލޮބުވެތި ރައްޔިތުންނާ މުހާތަބު ކުރައްވާނެ،" ޝުޖާއު ވިދާޅުވި އެވެ.
އެ ޖަލްސާއާކީ ހުޅުމާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް ނަމަވެސް ޔާމީނާއި، އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ އެންމެންނާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހުރިހާ އެންމެންނަށް ޖަލްސާ އަށް ދައުވަތު އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ މަނީ ލޯންޑަރިންގެ ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ބާއްވާ ދެވަނަ ޖަލްސާ އެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު "ހިޔާ"ގެ ދަށުން ހުޅުމާލޭޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ އާބާދީ ހާހަކަށް ވުރެ ގިނަ އާއިލާ އެކު ވަނީ 5،000 އިން މައްޗަށް އަރައިފަ އެވެ.