ތާޖުއްދީން ސްކޫލު ފަޅާލައި ޓެބްލެޓުތަކެއް ވަގަށް ނަގައިފި
ތާޖުއްދީން ސްކޫލު ފަޅާލައި ޓެބްލެޓުތަކެއް ވަގަށް ނަގައިފި

ތާޖުއްދީން ސްކޫލު ފަޅާލައި އެތަނުގައި ޓީޗަރުން ގެންގުޅޭ ޓެބްލެޓުތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ތާޖުއްދީން ސްކޫލުގެ ސްޓާފްރޫމަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު 10:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ހަތް ޓެބްލެޓާއި ހޭންޑް ބޭގެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ތަކެތި މިހާރު ވަނީ ހޯދައިފަ އެވެ.

ފުލުހުން ބުނީ ސީސީޓީވީ ކެމެރާއެއްގެ އެހީގައި އެ ތަކެތި ހޯދާފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.