06 ޑިސެމްބަރ 2021 - 10:23

އޭޑިކޭ ޖެނެރަލް ޓްރޭޑިން އިން "ލިގޯ" ބްރޭންޑުގެ ޖޫސް ރޭންޖެއް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
މި ރޭންޖުގައި ތަފާތު ފްލެވާތައް ހިމެނެ އެވެ. މީގެ ތެރޭގައި އާފަލާއި އަނބާއި އޮރެންޖާއި މޭބިސްކަދުރާއި އަލަނާސި އާއި ފޭރާއި ޓޮމާޓޯ އަދި ގްރޭޕް ފްރުޓް ފަދަ ފްލެވާތައް ހިމެނެ އެވެ.
ލިގޯ ޖޫހަކީ 100 ޕަސެންޓް މޭވާގެ ދިޔައިން އުފައްދާ ޖޫހެކެވެ. މި ޖޫހަކީ އުފާވެރިކަމާއި ހަކަތަ ގެނުވައިދޭނެ ބުއިމެއް ކަމަށް އެ ޖޫސް އުފައްދާ ކުންފުނިން ބުނެ އެވެ.
އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން މި ބްރޭންޑުގެ އެއް ލީޓަރުގެ ޕެކެޓުތައް ވެސް މިހާރު ލިބެން ހުންނާނެ އެވެ. އެ ކުންފުނީގެ ޝޯރޫމްތަކަށް ޒިޔާރަތްކޮށްގެން ނުވަތަ 7885965 ވައިބާ ކޮށްގެން މި ޖޫހާއި އެ ކުންފުނިން ވިއްކާ އެހެނިހެން ތަކެތީގެ މައުލޫމާތު ލިބޭނެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ އޭޑީކޭ ޖެނެރަލް ޓްރޭޑިން އާއި ސޯސަން މަގުގައި ހުންނަ ޖީޓީ ސްނެޕް އާއި ބުރުޒު މަގުގައި ހުންނަ ގަންނަ މާޓުން ލިގޯ ޖޫސް ލިބޭނެ އެވެ.