05 ޑިސެމްބަރ 2021 - 16:05

ދިރާގުން ދެމުން އަންނަ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގުގެ ޓީވީގެ ހިދުމަތް މ. ދިއްގަރަށް މިއަދު ތައާރަފު ކޮށްފި އެވެ.
ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލްގެ ހިދުމަތްތައް ފުޅާކުރުމަށް ދިއްގަރުގައި ތައާރަފު ކުރި ހިދުމަތެކެވެ. މިއާއެކު މި ހިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ވެސް ލިބޭނެ އެވެ.
މި އޮފާތަކުގެ ދަށުން ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދީ، ރައުޓަ ނުވަތަ އޯއެންޓީ ވެސް ހިލޭ ދޭނެ އެވެ. ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިލޭ ހިދުމަތް ގުޅައިދީ ޖޯއިބޮކްސް ހިލޭ ދޭނެ އެވެ.
ދިރާގު ފައިބަ ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. މިހާތަނަށް ރާއްޖޭގެ 67 ރަށެއްގެ 80 ޕަސެންޓު ގޭބިސީތަކަށް މި ހިދުމަތް ފޯރުކޮށްދީފައިވާއިރު ދިރާގު ޓީވީިގެ ހިދުމަތް ވަނީ 77 ޕަސެންޓު ގޭބިސީތަކަށް ފޯރުކޮށްދީފަ އެވެ. ދިރާގު ޓީވީ މެދުވެރިކޮށް 100އަށްވުރެ ގިނަ ޗެނަލްތައް ބަލާލެވޭނެ އެވެ.