ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި
ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި

ސަލްވަޑޯ، ބްރެޒިލް (ޑިސެމްބަރު 4) - ޔޫރަޕުގެ ފުޓުބޯޅައިގައި މީގެ ދުވަސްތަކެއް ކުރިން މަޝްހޫރުކަން ހޯދި ބްރެޒިލަށް އުފަން ހަލްކް، 35، އާއި ޑިއޭގޯ ކޮސްޓާ، 33، އާ އެކު ކްލަބް އެތުލެޓިކޯ މިނެއިރޯ 50 އަހަރަށް ފަހު ބްރެޒީލިއަން ސެރީ އޭ ކާމިޔާބު ކޮށްފި އެވެ.

ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި
ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި

މިއީ އެތުލެޓިކޯ މިނެއިރޯ ލީގު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެ ޓީމު ފުރަތަމަ ފަހަރަށް ލީގު ނެގީ 1971 ވަނަ އަހަރު އެވެ. މި ސީޒަނުގައި މިނެއިރޯ ލީގު ކާމިޔާބުކުރީ ބާކީ ދެ މެޗު ކުޅެން އޮއްވަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ މިނެއިރޯ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކްލަބް ބަހިއާގެ ދަނޑުގައި އެ ޓީމު 3-2 އިން ބަލި ކޮށްގެނެވެ.

ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި
ހަލްކާއި ކޮސްޓާއާ އެކު އެތުލެޓިކޯ މިނެއިރޯ ބްރެޒިލްގެ ޗެމްޕިއަންކަން ހޯދައިފި

ކުރިން ޕޯޗުގަލްގެ ޕޯޓޯ އާއި ރަޝިއާގެ ޒެނިތަށް ވެސް ކުޅުނު ހަލްކް މިނެއިރޯއާ ގުޅުނީ މިއަހަރުގެ ސީޒަނަށް ޖެނުއަރީ މަހު އެވެ. އޭގެ ކުރިން ހަލްކް ވަނީ ފަސް އަހަރު ޗައިނާ ސުޕަ ލީގުގައި ކުޅެފަ އެވެ. އަދި 18 ލަނޑު ޖަހައިގެން ލީގު ލަނޑު ލިސްޓުގެ އެއްވަނައިގައި ވެސް އޮތީ ހަލްކް އެވެ. ލީގުގައި އޭނާ ވަނީ ޖުލައި އަދި އޮގަސްޓް މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

މީގެ ކުރިން ބްރެޒިލް ގައުމީ ޓީމަށް ވެސް ގިނަ މެޗްތަކެއް ކުޅެފައިވާ ހަލްކަށް އޭނާގެ ޖާގަ ގެއްލުނީ ޔޫރަޕް ފުޓުބޯޅަ ދޫކޮށް 2016 ވަނަ އަހަރު ޗައިނާއަށް ދިޔަ ހިސާބުންނެވެ. ނަމަވެސް އެތުލެޓިކޯ މިނެއިރޯއާ އެކު ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން މިއަހަރު އޭނާ ވަނީ އަލުން ގައުމީ ޓީމަށް ވެސް ނަގައިފަ އެވެ. ހަލްކް ވަނީ ސެޕްޓެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށްލައި، ކުލަބެއް ނެތި ހަތް މަސްދުވަސް ހޭދަ ކުރުމަށް ފަހު މިނެއިރޯއާ ކޮސްޓާ ގުޅުނީ މިދިޔަ އޮގަސްޓް މަހު އެވެ. ސީޒަން މެދުތެރޭން ޓީމާ ގުޅި، އޭނާ ވެސް ވަނީ މުހިއްމު ލަނޑުތަކެއް ޓީމަށް ޖަހައި ދީފަ އެވެ.

ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް ގައުމީ ޓީމަށް ދެ މެޗު ކުޅުމަށް ފަހު، އެ ޖޯޒީގައި ވޯލްޑް ކަޕުގައި ގައުމު ތަމްސީލު ކުރަން ލިބުނު ފުރުސަތަށް ފުރަގަސްދީ، ސްޕެއިން އަށް ރަށްވެހިކަން ބަދަކު ކުރި ކޮސްޓާ ވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި އިންގްލެންޑުގެ ޗެލްސީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބްރެޒިލް ލީގުގެ އިތުރުން އެ ޓީމު ވަނީ މިނެއިރޯ ސްޓޭޓް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުން ވަނީ ސްޓޭޓް މުބާރާތް ރެކޯޑް އަދަދަކަށް ކާމިޔާބު ކޮށްފަ އެވެ. މި އަހަރުގެ ސްޓޭޓް މުބާރާތަކީ އެ ޓީމުން ކާމިޔާބުކުރި 46 ވަނަ މުބާރާތެވެ.

ބްރެޒިލްގެ ސްޓޭޓް މުބާރާތްތަކުގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތައް ކުޅޭ ބްރެޒިލްގެ އެފްއޭ ކަޕްގެ ފައިނަލަށް ވެސް އެތުލެޓިކޯ މިނެއިރޯ ވަނީ ދަތުރު ކޮށްފަ އެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ އެންމެ ޝަރަފްވެރި ކްލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕާ ލިބަޓަޑޯޒް އިން އެތުލެޓިކޯ މިނެއިރޯ މި އަހަރު ކެޓީ ސެމީ ފައިނަލުންނެވެ.