އެނދުމަތިވެފައި ތިބި ކުދިންތަކަކަށް އާކް އިން އެހީވެއްޖެ
އެނދުމަތިވެފައި ތިބި ކުދިންތަކަކަށް އާކް އިން އެހީވެއްޖެ

ރާއްޖޭގެ އެކި ހިސާބުތަކުގައި އެނދުމަތިވެފައި ތިބޭ ހާއްސަ އެހީ އަށް ބޭނުންވާ 20 ކުއްޖަކަށް އާކުން މިއަދު ހޮސްޕިޓަލް އެނދުތަކެއް ހަދިޔާކޮށްފި އެވެ.

އެނދުމަތިވެފައި ތިބި ކުދިންތަކަކަށް އާކް އިން އެހީވެއްޖެ
އެނދުމަތިވެފައި ތިބި ކުދިންތަކަކަށް އާކް އިން އެހީވެއްޖެ

ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އާކް" އިން ބުނީ މި އެނދުތައް ހަދިޔާކޮށްފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ކަމަށެވެ.

އާކުގެ ފަރާތުން އެ ކުދިންނަށް މި އެނދުތައް ހަވާލުކޮށްދިނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.

އާކް އާއި އެޑިއުކޭޝަންގެ ބައެއް އިސްވެރިން މިއަދު ވަނީ ހުޅުމާލެ ގާޒީ ސްކޫލުގައި ކިޔަވާ ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރަކަށް މި އެނދު ހަވާލުކޮށްފަ އެވެ.

މި އެނދުތަކުގެ ސަބަބުން އެ ކުދިންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އަދި އެ ކުދިންގެ އާއިލާތަކަށާއި ތައުލީމު ފޯރުކޮށްދިނުމުގައި ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނާ އެކު މަސައްކަތް ކުރާ ޓީޗަރުންނަށް ވެސް ފަސޭހަވާނެ ކަމަށް އާކް އިން ބުނެ އެވެ.