03 ޑިސެމްބަރ 2021 - 13:29

މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގައި، ރާއްޖޭގެ ރޭންކިންގެ އެއްވަނަ ހަސަން ޝާޒް މުހައްމަދު ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް މޮޅުވުމުގެ ރޭހުގައި ދަމަހައްޓައިފި އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގައި ޝާޒް ދަނީ ރަނގަޅު ފޯމެއްގައި ހިފަހައްޓަމުންނެވެ. މާލޭ ބިލިއާޑް ފެސިލިޓީގައި މިހާރު ކުރިއަށްދާ މުބާރާތުގައި ޝާޒް ވަނީ ރޭ ކުޅުނު މެޗުގައި ހާމިދު ފައިސަލް ނުވަ ފްރޭމް ތިން ފްރޭމުން ބަލިކޮށްފަ އެވެ. ޝާޒް ކުޅުނު ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ އޭނާ ވަނީ ރޭންކިންގެ ދެވަނަ ހުސައިން ފަޔާޒުގެ މައްޗަށް ނުވަ ފްރޭމް ހަތަރު ފްރޭމުން ކާމިޔާބު ހޯދައިފަ އެވެ.
ރޭންކިންގެ ތިން ވަނަ އަހްމަދު ޝަރީފް ވެސް ދަނީ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓަމުންނެވެ. އޭނާ ކުޅުނު ދެވަނަ މެޗުގައި މުހައްމަދު އަކްސަމް ވަހީދުއާ ވާދަކުރި މެޗު ދިޔައީ ފޯރިގަދަ ކޮށެވެ. ޝަރީފް މެޗު ކާމިޔާބު ކުރީ ނުވަ ފްރޭމް އަށް ފްރޭމުންނެވެ. އޭނާ ކުޅުނު ފުރަތަމަ މެޗުގައި، ބުދަ ދުވަހުގެ ރޭ އަހްމަދު ނިހާދުގެ މައްޗަށް ކުރި ހޯދީ ނުވަ ފްރޭމް ފަސް ފްރޭމުންނެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރޭންކިންގެ ނުވަ ވަނަ، އިސްމާއީލް ޖީހާން ވަނީ ރޭންކިންގެ ހަތްވަނަ އަހްސަން ހާޝިމް ބަލިކޮށްފަ އެވެ. ވާދަވެރިކޮށް ދިޔަ މެޗު، ޖީހާން ކާމިޔާބު ކުރީ ނުވަ ފްރޭމް އަށް ފްރޭމުންނެވެ. ފުރަތަމަ ޑިވިޝަންގައި އަލީ ފަޔާޒު އާއި ހިޝާމް މަޖީދު ކުޅުނު މެޗު ނުވަ ފްރޭމް ހަ ފްރޭމުން ކާމިޔާބުކުރީ އަލީ ފަޔާޒު އެވެ. މުހައްމަދު ސާހިލް ހަމީދު އާއި އަހްމަދު އިޔާދު ކުޅުނު މެޗު، ސާހިލް ކާމިޔާބު ކުރީ ނުވަ ފްރޭމް ހަތަރު ފްރޭމުންނެވެ.
ރޭންކިންގެ ދެވަނަ ހުސައިން ފަޔާޒު ކުޅުނު ފުރަތަމަ މެޗު ނާކާމިޔާބުވި ނަމަވެސް، ދެވަނަ މެޗުގައި އޭނާ ވަނީ ނަވަ ފްރޭމް ދެ ފްރޭމުން އިިސްމާއީލް ޝިޔާމް ބަލިކޮށްފަ އެވެ. އޭނާގެ ތިން ވަނަ މެޗުގައި މިރޭ ނުކުންނާނީ އަކްސަމްއާ ދެކޮޅަށެވެ.
- ޝާޒީން ސޮމަދު 9 - 6 އަހްމަދު ނިހާދު
- ޔޫސުފް ޒުބައިރު 9 - 6 މުހައްމަދު ސާހިން
- ފަތުހުﷲ ޖަމީލް 9 - 2 މުހައްމަދު ނަފާއު
- އަހްމަދު ޒިޔާން 9 - 6 އަސްލަމް އަބްދުﷲ
- ހުސައިން ޝާޒް މުހައްމަދު 9 - 3 ހާމިދު ފައިސަލް
- އަހްމަދު ރަމްޒީ 9 - 7 މުހައްމަދު ފަރީމް
- އަލީ ފަޔާޒު 9 - 6 ހިޝާމް ސަލީމް
- މުހައްމަދު ސާހިލް ހަމީދު 9 - 4 އަހްމަދު އިޔާދު ސައީދު
- މުހައްމަދު ޝަރީފް 9 - 8 މުހައްމަދު އަކްސަމް ވަހީދު
- އިސްމާއީލް ޖީހާން 9 - 8 އަހްސަން ހާޝިމް
- އާމިނަތު ފަތީ 5 - 1 އައިޝަތު އުރައިބާ
- ދީނާ އަހްމަދު 5 - 2 ފަޒްނާ މޫސާ
- މަރްޔަމް ޖަސްރާ 5 - 1 ނަޝްފާ ނާޝިދު
- އައިޝަތު އަލީ 2 - 5 އާމިނަތު އަޒްރާ
- އާމިނަތު ފަތީ 4 - 5 އާމިނަތު ހަލީމް
- އައިޝަތު މަލީޝާ 4 - 5 ދީނާ އަހްމަދު
- މަރްޔަމް ޖަސްރާ 2 - 5 މަރްޔަމް ހުދުނާ
- ފަޒްނާ މޫސާ 1 - 5 އައިޝަތު އަލީ
- ނަޝްފާ ނާޝިދު 0 - 5 އާމިނަތު ފަތީ
- އައިޝަތު އުރައިބާ 1 - 5 މަރޔަމް ޖަސްރާ
- އައިޝަތު އަލީ 4 - 5 އާމިނަތު ފަތީ
- އައިޝަތު މަލީޝާ 5 - 2 އައިޝަތު އުރައިބާ