ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު
ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު

ޗައިނާގެ ޓެނިސް ކުޅުންތެރިޔާ ޕެންގް ޝުއައީ އޭނާގެ ސޯޝަލް މީޑިއާގައި ކުރީގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުރި ޒެންގް ގައޮލި އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ކުރި ޕޯސްޓް އާންމު ކުރިތާ ގިނަ އިރުތަކެއް ނުވެ އެ ޕޯސްޓް ނެގި ފަހުން ވީނުވީއެއް ނޭނގިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށީ ދުނިޔޭގެ އަންހެނުންގެ ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ގެ ޗީފް އެގްޒެކެޓިވް އަދި ޗެއާމަން ސްޓީވް ސައިމަން އެވެ.

ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު
ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު

ސައިމަން ވަނީ ޕެންގަށް ކުރިމަތިވި ޖިންސީ ގޯނާގެ މައްސަލައިގައި މިނިވަންކަމާ އެކު ތަހުގީގުކޮށް، ސެންސަރުކުރުމެއް ނެތި ދެފުށް ފެންނަހެން އާންމުކުރުމަށް ޗައިނާއަށް ގޮވާލައްވައިފަ އެވެ. ޑަބްލިއުޓީއޭ އާއި މުޅި ދުނިޔެ ވެސް ބޭނުންވަނީ ޕެންގްގެ ސަލާމަތް ކަށަވަރުކުރަން ކަމަށް އޭނާ ވަނީ ހާމަކުރައްވައިފަ އެވެ. އަދި މި މައްސަލައިގައި އޭނާ ވަނީ ޗައިނާގައި ބާއްވަން ހަމަޖެހިފައިވާ ހުރިހާ މުބާރާތްތަކެއް ވެސް ސަސްޕެންޑްކޮށްފަ އެވެ.

ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު
ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު

މި މައްސަލައިގައި ޗައިނާ ސަރުކާރުންނާއި، ތުހުމަތު ރައްދުވާ ޒެންގް ވެސް މިހާތަނަށް ބަހެއް ބުނެފައި ނުވާއިރު، މީގެ ކުރިން ވެސް ޗައިނާ ސަރުކާރުގެ އިސްވެރިންނަށް ކުޑައިމީސް ވާހެން ބަހެއް ބުނާ ނުވަތަ ހިޔާލު ފާޅުކުރި މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ޕެންގްގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު އޭނާ ގެއްލުނު ފަހުން އާންމުންނަށް ފެނިފައި ވަނީ ވެސް ޗައިނާ ސަރުކާރުގެ ނޫސްތަކުންނާއި ޓީވީތަކުންނެވެ. އަދި އެއަށް ފަހު ޕެންގްއާ ވާހަކަ ދައްކާފައިވާ ހަމައެކަނި ފަރާތަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބެޗެވެ.

ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު
ސްޓީވް ސައިމަން: ޕެންގުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ތެދުވި ލީޑަރު

ޗައިނާގައި އަންނަ ފެބްރުއަރީ މަހު ވިންޓާ އޮލިމްޕިކްސް މުބާރާތް ބާއްވަން ތައްޔާރުވަމުން ދަނިކޮށް ސައިމަން، އޭނާގެ ބޯޑު މެމްބަރުންގެ ފުރިހަމަ ތާއީދާއެކު ނިންމި މި ނިންމުމުގެ ސަބަބުން މާލީ ގޮތުން އެތައް ބައިވަރު ގެއްލުމެއް އެ އެސޯސިއޭޝަނަށް ކުރިމަތިވިޔަސް އޭނާ ހުރީ ކުޅުންތެރިޔާގެ ދިފާއުގައި، ޕެންގްގެ ސަލާމަތްކަން ކަށަވަރު ކޮށްދެވެންދެން ޗައިނާގައި މުބާރާތްތައް ނުބާއްވާ ގޮތަށް ނިންމަވައިގެންނެވެ.

އުމުރުން މިހާރު 66 އަހަރުގެ، އެމެރިކާގެ ކެލިފޯނިއާ އަށް އުފަން ސައިމަން ވަނީ އޭނާ ޓެނިސް ކުޅުނުއިރު ވިމްބްލްޑަންގައި ވެސް ވާދަކޮށްފަ އެވެ. ގުރެޖުއޭޝަނަށް ފަހު ކޯޗިންއަށް ވަދެ، އޭނާ ވަނީ ކެލިފޯނިއާގައި ބާއްވާ އިންޑިއަން ވެލްސް އޯޕަން މުބާރާތުގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރައިފަ އެވެ. މުބާރާތުގެ ޑިރެކްޓަރުގެ ގޮތުގައި އޭނާ ވަނީ ވީޑިއޯ ރީޕްލޭ ޓެކްނޮލޮޖީ ވެސް ތައާރަފްކޮށްފަ އެވެ.

އިންޑިއަން ވެލްސް ދޫކޮށް ޑަބްލިއުޓީއޭގެ މަގާމާ ހަވާލުވިއިރު، އެ އެސޯސިއޭޝަންގެ ފައުންޑާ ބިލީ ޖީން ކިންގް ވަނީ، ސައިމަން އަކީ ވަރަށް ވިސްނޭ، އެހެން މީހުންނަށް ވަރަށް އިހުރިތާމް ކުރައްވާ ބޭފުޅެއް ގޮތުގައި ސިފަ ކުރައްވައިފަ އެވެ. މީގެ އިތުރުން ސައިމަން އަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަންހެން ޓެނިސް ކުޅުންތެރިން ކަމަށްވާ ސެރީނާ ވިލިއަމްސް އާއި މާރިއާ ޝަރަޕޯވާ އަދި ކެރޮލީން ވޮޒްނިއާކީ ފަދަ ކުޅުންތެރިންގެ ތާއީދު އޮތް ބޭފުޅެކެވެ.

ތޭވީސް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސް ވަނީ 14 އަހަރު ވަންދެން އިންޑިއަން ވެލްސް މުބާރާތް ބޮއިކޮޓް ކުރުމަށް ފަހު، 2015 ވަނަ އަހަރު މުބާރާތުގައި ވާދަ ކުރަން ފަށައިފަ އެވެ. ސެރީނާގެ އެނބުރި އައުމުގައި ސައިމަން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައި ކަމަށް ސެރީނާ އޭރު ބުނެފައިވެ އެވެ. މީގެ އިތުރުން ވެސް ސައިމަން ވަނީ، 2018 ވަނަ އަހަރު ޔޫއެސް އޯޕަން ފައިނަލުގައި ހިނގާދިޔަ ކަންތަކުގައި ވެސް ސެރީނާ ދިފާއުކޮށްފަ އެވެ.

މަނާ ބޭސް ބޭނުން ކުރުމުން ސަސްޕެންޑް ކުރި ރަޝިއާގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ 2017 ވަނަ އަހަރު އެނބުރި ކުޅެން އައުމުން އޭނާއަށް ވައިލްޑްކާޑްގެ ގޮތުގައި ފުރުސަތުދޭން ނިންމުމުން ގިނަ ޓެނިސް ކުޅުންތެރިންތަކެއް ދިޔައީ ފާޑު ކިޔަމުންނެވެ. އޭރު ދުނިޔޭގެ ފިރިހެން އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި އެންޑީ މަރޭ ވަނީ އެއީ އެހެން ކުޅުންތެރިންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ޝަރަޕޯވާގެ ދިފާއުގައި ތެދުވީ ސައިމަން އެވެ. ސައިމަން ބުނީ މަނާ ބޭސް ބޭނުން ކޮށްގެން ސަސްޕެޝަނަށް ފަހު އެނބުރި އަންނަ ކުޅުންތެރިން އެއްފަރާތް ކޮށްފައި ބޭތިއްބުމަކީ އެއްވެސް ކުޅިވަރެއްގައި ގެންގުޅެން ރަނގަޅު އުސޫލެއް ނޫން ކަމަށެވެ.

ޑަބްލިއުޓީއޭގެ މަގާމުގައި ހުރެ ސައިމަން ވަނީ ޓެނިސްގައި ކުޅުންތެރިންނަށް ދޭ ފައިސާގެ އިނާމު ވެސް ބޮޑު ކޮށްފަ އެވެ. ޗައިނާގެ ޝެންޒެން ސިޓީގައި 2019 ވަނަ އަހަރު ބޭއްވި ޑަބްލިއުޓީއޭ ފައިނަލް ކާމިޔާބުކުރި އޮސްޓްރޭލިއާގެ އެޝްލީ ބާޓީ އަށް 4.42 މިލިއަން އެމެރިކާ ޑޮލަރުގެ ލިބުނުއިރު، މިއީ މީގެ ކުރިން އަންހެން އަދި ފިރިހެން ޓެނިސް މުބާރާތެއްގައި ދީފައި ނުވާވަރުގެ ބޮޑު ފައިސާގެ އިނާމެކެވެ. އަދި 10 އަހަރު ވަންދެން ޝެންޒެން ސިޓީގައި ޑަބްލިއުޓީއޭ ސީޒަން ޓުއާގެ ފައިނަލް ބާއްވާގޮތަށް ޗައިނާއާ އެކު އެއްބަސް ވިއެވެ.

ޗައިނާއާ އެކުވި މި އެއްބަސްވުމަކީ ޑަބްލިއުޓީއޭގެ ތާރީހުގައި ވެސް ވެވުނު އެންމެ ފަސޭހަ އަދި އެންމެ ފައިދާ ބޮޑު އެއްބަސްވުމެވެ. އަދި އެ ޑީލަށް ނުބަލައި ޑަބްލިއުޓީއޭ އިން ޗައިނާ ދޫކޮށްލައިފި ނަމަ މާލީ ގޮތުން ފޫބައްދަން އުނދަގޫ ހާލަތަކަށް އެ އެސޯސިއޭޝަން ވެއްޓިގެން ހިނގައިދާނެ އެވެ.

ލިބޭނެ ގެއްލުންތަކާ މެދު ކަންބޮޮޑުވުން ހުރި ނަމަވެސް، ޖިންސީ ގޯނާގެ މައްސަލައިގައި ކުޅުންތެރިޔާގެ ސަލާމަތާމެދު ހުރި ކަންބޮޑުވުންތަކަކީ މާ ސީރިއަސް ކަންތައްތަކެއް ކަމުގައި ސައިމަން ވަނީ ވިދާޅުވެފަ އެވެ. މިކަމުގައި ޗައިނާއަށް ރައްދުވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދެމުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވަނީ، ޑަބްލިއުޓީއޭ އިން ކުޅިވަރު ސިޔާސީ ކުރަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.