ދިރާގު-ސްޕާކްހަބްގެ މި އަހަރުގެ "ލީން ސްޓާޓްއަޕް" މި މަހު ފަށަނީ
ދިރާގު-ސްޕާކްހަބްގެ މި އަހަރުގެ "ލީން ސްޓާޓްއަޕް" މި މަހު ފަށަނީ

ވިޔަފާރީގެ ދާއިރާ އަށް އަލަށް ނުކުންނަ ޒުވާނުންނަށް ކާމިޔާބު ވިޔަފާރިތަކުގެ ވާހަކަ ގެނެސްދީ، ވިޔަފާރިތައް ގުޅުވައިދީ، އެހީތެރިވުމަށް ދިރާގާއި ސްޕާކްހަބުން ބާއްވާ "ލީީން ސްޓާޓްއަޕް" ވޯކްޝޮޕް މި މަހު ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 17 އިން 19 އަށް ބާއްވާ މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފަ އެވެ.

މި ވޯކްޝޮޕްގައި، ކާމިޔާބު އާ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ހުނަރުތަަކާއި އެންމެ ފަހުގެ ދިރާސާތަކަށް ބިނާކޮށް ވިޔަފާރިއެއް ހިންގުމުގެ އުކުޅުތައް ކިޔައިދޭނެ އެވެ.

މި ޕްރޮގްރާމުން، އާ އީޖާދެއް ނުވަތަ އާ ހިޔާލެއް ތަރައްގީ ކުރުމުގެ ކުރިން އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނޭވެނެ އެވެ. އެގޮތުން ކަސްޓަމާ ވެލިޑޭޝަނާއި ޕްރޮޑަކްޓާއި ބިޒްނަސް މޮޑެލް ޑިވެލޮޕްމެންޓް ފްރޭމްވޯކްތައް ކިޔައިދޭނެ އެވެ.

މި ވޯކްޝޮޕްގެ ބައިވެރިންނަށް، އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ހިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ. އަދި ވިޔަފާރި އާއި ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން ވިޔަފާރީގެ އެކި ހިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓުކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ލީން ސްޓާޓްއަޕް މެޝިން މޯލްޑިވްސް ކުރިއަށް ގެންދާނީ ލީން ސެޓިފައިޑް ފެސިލިޓޭޓަރުން މެދުވެރިކޮށެވެ. މި ޕްރޮގްރާމުން ދިރާގުން އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރު އެވެ.