މަޑަވެެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ފަށައިފި
މަޑަވެެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ފަށައިފި

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައިފި އެވެ.

މަޑަވެެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ފަށައިފި
މަޑަވެެއްޔާއި ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް ފަށައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި މަޑަވެލީގެ އިރުދެކުނުން ފެށިގެން ހޯނޑެއްދު އަށް އަޅާ ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ދެ ރަށް ފާލަމަކުން ގުޅާލުމާއެކު މަޑަވެލީގެ 3.5 ހެކްޓަރުގެ ބިން ވެސް ހިއްކަން ވަނީ ހަމަޖައްސައިފަ އެވެ.

ކައުންސިލް މެމްބަރު އިޝާން އަހްމަދު ވިދާޅުވީ ދެ ރަށުގެ ތަރައްގީއާ ގުޅިފައިވާ މުހިއްމު މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ކޯޒްވޭ އަޅަން ބޭނުންވާ ވެލި ނެގުމުގެ މަސައްކަތް ކަމަށެވެ. މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

"މަސައްކަތް ވަރަށް ބާރަަށް ކުރިއަށް އެބަދޭ. މިއީ، ދެ ރަށުގެ ވެސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ކަމެއް،" އިޝާން ވިދާޅުވި އެވެ.

މަޑަވެލީގެ އާބާދީގެ ގޮތުގައި ގާތްގަނޑަކަށް 2،000 މީހުން ތިބިއިރު ހޯނޑެއްދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 1،200 މީހުންނެވެ.