ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ
ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ

ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ހާލަތަކަށް ބަލައި، ލިބިދީފައިވާ އެކިއެކި ހައްގުތަކަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރޭ ވިދާޅުވެއްޖެ އެވެ.

ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ
ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ

ހިއުމަން ރައިޓްސް ފްރޭމްވޯކް އަދި ގާނޫނީ ފޮތްބައި ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ ރާއްޖޭގައި ވެސް މަދަނީ އަދި ސިޔާސީ ހައްގުތަކަށް ބަދަލުތަކެއް ގެނެސްފައި ވަނީ ގައުމުގެ ހާލަތު އޮތް ގޮތުން ކަމަށެވެ.

ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ
ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ

ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މިފަހަކަށް އައިސް ވަނީ އަސާސީ ބައެއް ހައްގުތައް ހިފަހައްޓައިފަ އެވެ. އޭގެ ތެރޭގައި ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް އަބުރުގެ ގާނޫނު ވެސް މަޖިލީހުން ފާސްކޮށްފައި ވެ އެވެ.

ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ
ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ

އަނިލް ރޭ ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގައި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ހުރިހާ ހައްގުތަކެއް ކަށަވަރުކޮށްދޭ ކަމަށާއި އަދި ޒިންމާދާރުކަމާ އެކު އެ ހައްގުތަކުގެ ބޭނުން ހިފުމަށް ދެން ޖެހިގެން އޮންނަ މާއްދާގައި ބުނެފައިވާނެ ކަމަށެވެ.

ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ
ގައުމުގެ ހާލަތަށް ބަލައި، ހައްގުތަކަށް ބަދަލު ގެނޭ: އޭޖީ

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް އެންމެ އަސާސީ ހައްގުތައް، އެކި ސަބަބުތަކާ ހުރެ ހަނިކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ބައެއް ގައުމުތަކުގައި ރެފިއުޖީ ބޯޑަރުތައް ބަންދުކޮށްފައިވާ ކަން ބަންޑާރަ ނައިބު ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ރެފިއުޖީންގެ ހައްގުތަކަށް އެންމެ ވަކާލާތު ކުރަމުން އަންނަ ގައުމުތަށް ކަމަށް އަނިލް ވިދާޅުވި އެވެ.

"ތަހުޒީބީ ބައެއް ގައުމުތަކުން އަޅުގަނޑުމެން ބަލާލާއިރު ފެންނާނެ. އެ ގައުމުތަކަކީ ވެސް މިފަދަ މޮޅު ދޫސްތޫރުތައް ލިޔުއްވައި ހައްދަވައި އަދި މުއާހަދާތަކުގައި ބައިވެރިވެފައިވާ ގައުމުތައް. އެ ގައުމުގެ މިނިވަންކަމާ ހަމައަށް ދިޔައީމަ، އެ ގައުމުތަކުގެ ރައްކާތެރިކަމާ ހަމައަށް ދިޔައީމަ، މި ދަންނަވާ އަސާސީ ހައްގުތައް އިތުރަށް ހަނިކުރާ ހާލަތްތަކަށް ދިޔައީ،" އަނިލް ވިދާޅުވި އެވެ.

"މިސާލަކަށް ރެފިއުޖީ ބޯޑަރުތައް ޔޫރަޕް އިއްތިހާދުގެ ބައެއް ގައުމުތަކުން ހަނިކޮށްފައި. އެކަމަކު އެ އިއްތިހާދަކީ އެ ކަމާ އެންމެ ވަކާލާތު ކުރާ ގައުމުތައް."

ރާއްޖޭގައި ހައްގުގެ ނަމުގައި މީހުންނާ ދިމާއަށް ހިތުހުރި އެއްޗެހި ކިޔަމުން ދާ ކަމަށާއި އަދި ދަންވަރު ގަޑިތަކުގައި މީހުންގެ ގޭދޮށަށް ސްޕީކަރު ފަދަ ތަކެތި ހިފައިގެން ގޮސް އަޑުގަދަ ކުރާ ކަން ވެސް އޭޖީ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ތަހުޒީބީ ގައުމުތަކުގައި ހައްގުގެ ނަމުގައި ކުރަމުން ދާ ކަންތައްތަކެއް ނޫން ކަމަށް އަނިލް ވިދާޅުވި އެވެ.

"މިހާރު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކަކީ މިހާރު ގެންނަ އިންތަކާ މިންތައް ގެނެވެނީ ރަނގަޅަށްތޯ ނޫންތޯ؟ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތޯ ނޫނީ ނޫންތޯ؟ މިއީ އަޅުގަނޑުމެން މިއަދު ތަޖުރިބާކުރަމުން އަންނަ ކަންތައްތައް،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަނިލް ވިދާޅުވި އެވެ.

އިންސާނަކަށް ވީތީ އުނގެނުމުގެ ހައްގާއި ގެދޮރުވެރިކަމުގެ ހައްގާއި ސާފު ބޯފެން ލިބުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާ ކަމަށާއި އަދި އެއީ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭންޖެހޭ ކަންތައްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ. ނަމަވެސް އިތުރަށް ހަރުދަނާކުރަން ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އަނިލް ވިދާޅުވި އެވެ.

ރޭ ލޯންޗުކުރި ހިއުމަން ރައިޓްސް ފްރޭމްވޯކަކީ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި އަދި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން، ނޭޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް އެކުލަވައިލުމުގެ މަގުސަދުގައި ހަދާފައިވާ ފްރޭމްވޯކެކެވެ. އެ ފްރޭމްވޯކް އެކުލަވައިލާފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީ އަދި ޔޫއެންއެފްޕީއޭ ގުޅިގެންނެވެ.

ދިވެހިރާއްްޖޭގެ ގާނޫނުތަކުގެ ފޮތްބަޔަކީ ގާނޫނުތައް އެއްތަނަކުން ކިޔާލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ނެރުނު ފޮތްބައެކެެވެ.

ރޭގެ ރަސްމިއްޔާތުގައި އަނިލް ވިދާޅުވީ މިހާރުން ފެށިގެން ސަރުކާރުގެ މުއައްސަސާތަކަށް އެ ފޮތްބައި ދޫކުރަން ހަމަޖައްސާފައިވާ ކަމަށާއި އަދި އާއްމުންނަށް އަންނަ މަހުން ފެށިގެން ފޮތްބައި ގަންނަން ލިބޭނެ ކަމަށެވެ.