ދިރާގުން، އަހަރު ނިންމާ ބޯނަސް ޕްރޮމޯޝަނެއް ފަށައިފި
ދިރާގުން، އަހަރު ނިންމާ ބޯނަސް ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން، އަހަރު ނިންމައިލާ ބޯނަސް ޕްރޮމޯޝަނެއް ފަށައިފި އެވެ.

"އިޔާ އެންޑް ބޯނަސް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން، ދިރާގުގެ އެކި ހިދުމަތްތަކުން ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. އެގޮތުން، ދިރާގު ފައިބާ ކޭބަލް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހިލޭ ގުޅައި ދީ، ރައުޓަރުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި ފައިބަ ކޭބަލް ނެތް އިމާރާތްތަކުގައި އުޅޭ މީހުންނަށް ހިދުމަތް ގުޅައި ދިނުމުގެ ފީ އިން 50 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް މި އަހަރުގެ ނިޔަލަށް ދިރާގު ޓިވީގެ ހިދުމަތް ހިލޭ ގުޅައިދީ، ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ. އަދި ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖު ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވައިލެވޭ ނަސީބުވެރިއަކަށް ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ޒީ ފޯލްޑް 3 އެއް ލިބޭއިރު، ސްޓާޓާ ޕެކޭޖުން މަތީ ޕެކޭޖުތައް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވައިލެވޭ 10 މީހަކަށް އެ ޕެކޭޖެއްގެ ހަ މަހުގެ ފީ ހިލޭ ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނީގެ މޯބައިލް ކަސްޓަމަރުންނަށް 500ރ. އިން މަތީގެ ޕޯސްޓް ޕެއިޑް ނުވަތަ އަމިއްލަ ޕޯސްޓް ޕެއިޑް ޕްލޭނަކަށް އެޕްލައި ކުރުމުން ތިން މަސް ވަންދެން މަހަކު 3 ޖީބީ ޑޭޓާ ލިބޭނެ އެވެ. އަދި 500ރ. އިން ދަށުގެ ޕްލޭންތައް އެކްޓިވޭޓް ކުރުުމުން ތިން މަސް ވަންދެން ކޮންމެ މަހަކު 1ޖީބީ ޑޭޓާ ލިބޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ، ޑިޖިޓަލްގެ ތަޖުރިބާ ފުރިހަަމ ކުރުމަށް ކަމަށެވެ.