ދިރާގު ޓީވީގެ ހިދުމަތް މަނަދޫއަށް
ދިރާގު ޓީވީގެ ހިދުމަތް މަނަދޫއަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް ފަށައިފި އެވެ.

ނ.މަނަދޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަނެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގަ އެވެ. މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގުގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް ތިން ލިބޭނެ އެވެ.

ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ ތެރެއިން ހޮވޭ 10 ފަރާތަކަށް ކަސްޓަމަރުގެ ޕެކޭޖުގެ ހަ މަސް ދުވަހުގެ މަހުފީ ހިލޭ ލިބޭނެ އެވެ. މި މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތައް އެދޭ ފަރާތްތަކަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގުން ބުނީ ޓީވީގެ ހިދުމަތާ އެކު މަނަދޫގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށެވެ. ދިރާގު ޓީވީގައި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނެ އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޑިޒްނީ ޗެނަލްތައް، ސްޓާ ނެޓްވޯކުގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނެލްތައް، ސޮނީގެ އެންޓަޓެއިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް، މަގްބޫލު ފެކްޗުއަލް އެންޓަޓެއިންމަންޓް ޗެނަލްތައް ކަމަށްވާ ހިސްޓްރީ ޗެނަލް އަދި ޑިސްކަވަރީގެ ޗެނަލްތައް ވެސް ހިމެނެ އެވެ.

ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް އަދި އެޗްޖީޓީވީ ޗެނަލް، ހޮލީވުޑްގެ މަގްބޫލު ފިލްމު ޗެނަލްތައް ވެސް ހިމެނެ އެވެ. ކޮލިޓީ ޗެނަލްތަކުގެ އަދަދު އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް މިހާރު ވަނީ ފޯރުކޮށްދީފަ އެވެ.