ހަމަހަމަކަމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް އިލްތިމާސްކުރައްވައިފި
ހަމަހަމަކަމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް އިލްތިމާސްކުރައްވައިފި

އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ކީރިތި ރަސޫލާގެ އީދު މިލާދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި އެމަނިކުފާނު ނެރުއްވި ހިތާބުގައި ވިދާޅުވީ، އެފަދަ މުނާސަބަތެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކަށް ވާންޖެހޭނީ އެކަލޭގެފާނު ގެނެސްދެއްވި މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި އެކަލޭގެފާނުގެ މަތިވެރި ހުލްގުފުޅާއި އެކަލޭގެފާނުގެ ސީރަތުން އިބްރަތް ހާސިލްކުރުން ކަމަށެވެ.

މުހައްމަދުގެފާނުގެ ހަޔާތްޕުޅުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު އެންމެން ދެމިތިބުމާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި އޯގާތެރިވުމުން ކަމަށް ރައީސްގެ ހިތާބުގައި ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ މެދުގައިވާ އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ސުލްހަމަސްލަތު ދެމެހެއްޓުމުގެ އަޒުމް އާކުުރމަކީ މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް މަތިވެރި ގައުމީ ވާޖިބެއް،" ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވި އެވެ.