01 ޑިސެމްބަރ 2021 - 06:58

މި މަހު ރިލިޒްލުރާ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" އަށް ނަން ދިނީ އެ ފިލްމުގެ ބަތަލު އަޔޫޝްމަން ކްރާނާ ކަމަށް ޑައިރެކްޓަރު އަބީޝެކް ކަޕޫރް ބުނެފި އެވެ.
ފިލްމުގެ ޕްރޮމޯޝަނަށް އާންމު ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ބުނީ އަޔޫޝްމަން ދިން ނަމަކީ ފިލްމާ ވަރަށް ގުޅޭ ނަމެއް ކަމަށެވެ. މިކަމާ ބެހޭ ގޮތުން ހުނަރުވެރި އެކްޓަރު ބުނީ ފިލްމަށް "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ނަން ދޭން ޑައިރެކްޓަރަށް ހިޔާލު ދިނީ އެ ސިޓީ އަކީ އޭނާގެ އުފަން ސިޓީއަށް ވެފައި، ފުރަތަމަ ފަހަރަށް ފިލްމެއް ޝޫޓް ކުރަން ލިބުމުން، އެކަން ވަރަށް ހާއްސަ ކަމަކަށް ވުމުންނެވެ.
"އަނެއްކޮޅުން ޗަންދީގަޅަކީ ފިލްމުތަކުގައި އަދި އެހާ ބޮޑަށް އެކްސްޕްލޯ ވެސް ނުކޮށް އޮތް ތަނެއް. އަހަންނަކީ މި ސިޓީ އުފަންވެ، މިތަނަށް ބޮޑުވި މީހަކަށް ވެފައި ފިލްމުގެ ކެރެކްޓާ އާއި މީގެ ވާހަކަ ވެސް ޗަންދީގަޅަށް ބިނާވެފައި އޮތީމަ ސިޓީގެ ނަން ހިމަނައިގެން ފިލްމަށް ނަން ދޭން އެދުނީ." އަޔޫޝްމަން ބުންޏެވެ.،
ދެހާސް ބާރައިގެ "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ބުނި ގޮތުގައި ވަރަށް ދުވަސް ކޮށްފައި ޗަންދީގަޅަށް ދިޔަ އިރު، އެތަނަށް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް، ކުރިއެރުންތަކެއް ވެސް އައިސްފައިވެ އެވެ.
"ފުރަތަމަ ފަހަރަށް އަމިއްލަ ސިޓީގައި ފިލްމަކަށް ޝޫޓް ކުރުމަކީ ވަރަށް އެހެން ކަހަލަ ތަފާތު އިހުސާސެއް ވެސް ކުރުވި ކަމެއް. ވަރަށް ގިނަ ހަނދާންތައް މި ފިލްމުގެ މަސައްކަތްތަކާ އެކު އާވެގެން ދިޔަ." އަޔޫޝްމަން ބުންޏެވެ.
މި މަހުގެ 10 ގައި ރިލީޒްކުރާ "ޗަންދީގަޅް ކަރޭ އާޝިގީ" އަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގައި އަޔޫޝްމަން ކުޅެފައި ވަނީ އެތުލީޓެއްގެ ރޯލެވެ. އޭނަގެ ހަށިގަނޑުން ވެސް ބޮޑު ބަދަލެއް ފެންނާނެ ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ.
"ޗަންދީގަޅް ކަރޭ އާޝިގީ" އަކީ 2018 ގެ "ކޭދަރުނާތު" އަށް ފަހު އަބީޝެކް ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ އަކީ "ކައި ޕޯ ޗޭ" އާއި "ރޮކް އޮން" އަދި "ފިތޫރު" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.