ސާފިންއާ މެދު ކުރިން ދެކެނީ ވަކަރުގޭ ކުދިން ކުރާކަމެއްގެ ގޮތުގައި، މިހާރު ހާލަތު ބަދަލުވެއްޖެ: ސޮބާ
ސާފިންއާ މެދު ކުރިން ދެކެނީ ވަކަރުގޭ ކުދިން ކުރާކަމެއްގެ ގޮތުގައި، މިހާރު ހާލަތު ބަދަލުވެއްޖެ: ސޮބާ

ސާފިންއާ މެދު ކުރިން ދެކެނީ ވަކަރުގޭ ކުދިން ކުރާ ކަމެއްގެ ގޮތުގައި ކަމަށާއި މިހާރު ހާލަތު ބަދަލުވެ ބެލެނިވެރިން ކުދިންނަށް ސާފިންގައި އުޅުމަށް ބާރުއަޅާ ކަމަށް ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) ވިދާޅުވެއްޖެ އެވެ.

ސާފިންއާ މެދު ކުރިން ދެކެނީ ވަކަރުގޭ ކުދިން ކުރާކަމެއްގެ ގޮތުގައި، މިހާރު ހާލަތު ބަދަލުވެއްޖެ: ސޮބާ
ސާފިންއާ މެދު ކުރިން ދެކެނީ ވަކަރުގޭ ކުދިން ކުރާކަމެއްގެ ގޮތުގައި، މިހާރު ހާލަތު ބަދަލުވެއްޖެ: ސޮބާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ގައުމީ ރާޅާ އެޅުމުގެ މުބާރާތް ނިންމުމުގެ ހަފުލާގައި ވާހަކަ ދައްކަމުން ސޮބާހު ވިދާޅުވީ ފާހަގަ ކުރަނީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ނޫން ކަމަށާއި މިއީ ރާއްޖޭގެ ރާޅާ އެޅުމުގެ ތާރީހުގައި މުޅިން އާ ސޮފްހާއެއް ފެށުނު ދުވަހެއް ކަމަށެވެ. އެކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ ދައްކަން އުޅެނީ މިފަހަރުގެ ގައުމީ މުބާރާތުގައި ބޭނުން ކުރި އިލެކްޓްރޯނިކް ސްކޯ ބޯޑާއި ޑިޖިޓަލް ސްކޯރިން ސިސްޓަމްގެ ވާހަކަ ނޫން ކަމަށެވެ.

"އަޅުގަނޑު ދައްކަން މި އުޅެނީ މީގެ 20 ނުވަތަ 25 އަހަރު ކުރިން އަޅުގަނޑުމެން ރާޅާ އަޅާ ކުދިންނަކީ ވަކަރުގޭ ކުދިންގެ ގޮތުގައި ސިފަކޮށްފައި އޮތް ވާހަކަ. އަޅުގަނޑުމެންނަކީ އެއްވެސް އަދަބެއް އަހުލާގެއް ނެތް، ތައުލީމެއް ނެތް ބައެއްގެ ގޮތުގައި ސިފަކުރަމުން އައި ބައެއް. އެކަމަކު އަހަރެމެން މި އޮތީ ބަދަލުވެފައި. ވިހި އަހަރު ފަހުން އަހަރެމެންނާ މެދު ދެކޭ ގޮތް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި،" ސޮބާހު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ރާޅާ އެޅުމަށް އައިސް އޮތް އެންމެ ބޮޑު ބަދަލު ދައްކުވައި ދެނީ ވާދޫ އަށް ނިސްބަތްވާ ސަންފައްތަ (ސަންފާ އަބްދުﷲ) މެން ކަހަލަ މަންމައިން އެ މީހުންގެ ދަރިން ގޮވައިގެން މި ތަނުގައި ރާޅާ އަޅާތީ. އެއީ ދިވެހި ރާއްޖޭގެ ރާޅާ އެޅުމަށް އައި ބަދަލުގެ އެންމެ ބޮޑު ރަމްޒަކީ."

ކުރިން ކަނދު ހިފައިގެން ރާޅާ އަޅަން ނުކުން އަދި ފަހުން ސާފިން އެސޯސިއޭޝަން އުފެއްދުމުގެ އެއް ފައުންޑަރުގެ ގޮތުގައި ހަރަކާތްތެރިވި ސޮބާހު ވިދާޅުވީ، އެސޯސިއޭޝަނެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ކުރި މަސައްކަތުގައި ވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ރަޖިސްޓްރީ ކުރަން ދިޔައީމަ ބުނީ ތިއީ ކުޅިވަރެއް ނޫނޭ. ތިއީ ދެވިހިފާފައި ތިބޭ ކުދިންތަކެއް ފުއްޓަރަށް އެރި ކުރާކަމެކޭ. ތިން މަސް ދުވަސް ވަންދެން އަޅުގަނޑުމެން އެކި ވުޒާރާތަކަށް ހިނގިން ރަޖިސްޓްރީކޮށްދޭތޯ،" އޭނާ އާއި ހުސައިން ސޮލާހު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އިސްވެ އުފައްދަން އުޅުނު މޯލްޑިވްސް ސާފިން އެސޯސިއޭޝަނާ ބެހޭގޮތުން ސޮބާހު ވިދާޅުވި އެވެ.

"ރަޖިސްޓްރީ ކޮށްދޭން ނިންމާފައި ބުނީ މޯލްޑިވްސް އެއް ނުކިޔޭނޭ. ދެން އަޅުގަނޑުމެން ބުނިން ބަންގްލަދޭޝް ނުވަތަ ނޭޕާލް ތޯ އޭ ކިޔަންވީ."

ސޮބާހު ވިދާޅުވީ އެ ހުރިހާ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފްގެ ފަރާތުން އެސޯސިއޭޝަނަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެގޮތުން ސާފިން ގައުމީ ޓީމަށް ބިދޭސީ ކޯޗެއް ގެނައުމަށް މަހްލޫފް ބާރު އަޅުއްވާ ކަމަށް ސޮބާހު ވިދާޅުވި އެވެ. އަންނަ އަހަރު ބޭރު ކޯޗެއް ސާފިން ގައުމީ ޓީމަށް ހަމަޖައްސާނެ ކަމަށް ސޮބާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ކިބައިން އޭނާ އެދިވަޑައިގަންނަވަނީ ރާޅާ އަޅާ ތަންތަން ހިމަޔާތް ކުރާނެ ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށެވެ ކަމަށެވެ.

"ތަރައްގީއަކާ ރާޅާ އަޅާ މީހުން ދެކޮޅެއް ނޫން. އަހަރެމެން ބޭނުން ވަނީ ތަރައްގީ ގެންނަން އަހަރެމެންގެ ސްޓޭޑިއަމްތައް (ރާޅު ޕޮއިންޓްތައް) ރައްކާތެރިވާނެ ގޮތަށް."

އޭނާ އިތުރަށް ވިދާޅުވީ އަންނަ އަހަރު އިންޓަނޭޝަނަލް ސާފިން މުބާރާތެއް ރާއްޖޭގައި ބާއްވުމަށް އެމްއެސްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.