ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި

ދިރާގުން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިދިޔަ އަހަރުގެ ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ރޭ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި

ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް ނިންމި ދަރިވަރުންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި އެޑިއުކެޝަން މިނިސްޓަރު އައިޝަތު އަލީ އާއި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު ޑރ. މުސްތަފާ ލުތުފީ އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ބައިވެރިވެވަޑައިގަތެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް: މިއަހަރު 17 ބައިވެރިން ގްރެޖުއޭޓްވި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ތަފާތު ދާއިރާތަކުން ޒުވާނުން ތަމްރީން ކުރުމަށް 2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމް، 17 ދަރިވަރަކު ވަނީ ނިންމައި ގްރެޖުއޭޓްވެފަ އެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަކީ މަސައްކަތްތެރި އަދި މުުތަމައަށް ފައިދާކުރާނެ ޒުވާނުންނަށް ހެދުމަށް ވެސް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހެލުންތެރިކޮށސް، ވަޒީފާގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީ ކަމުވޮށިގެންވާ މަސައްކަތްތެރި ބަޔަކަށް ހެދުން. މއަދި ޒުވާނުން ވަޒީފާ އަށް ތައްޔާރުވާން މަގުފަހި ކޮށްދިނުން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މި ޕްރޮގްރާމް ބާއްވާތާ މިހާރު 12 އަހަރުވެފައިވާއިރު މިހާތަނަށް ޖުމްލަ 228 ބައިވެރިން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފަ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ މިހާރު ވެސް ރާއްޖޭގެ ކުންފުނިތަކުގައި ފާހަގަކޮށްލެވޭ މަގާމުތައް އަދާކުރާ ބައެއް ކަމަށް ދިރާގުން ބުންޏެވެ.

މިއީ މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދެއްގައި ހުންނަ ދިރާގުގެ އޮފީސްތަކުގައި ހިންގާ ޕްރޮގްރާމެކެވެ. އެހެންވެ، މި ޕްރގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ވެސް ހުޅުވާލަ އެވެ.

ދިރާގުން ވަނީ މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ވެސް މިހާރު ފަށައިފަ އެވެ. މި ޕްރޮގްރާމުގައި 14 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.