ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021: ގައުމީ ލޯންގްބޯޑް ސާފިން ޗެމްޕިއަންކަން ކުޑައިއްސެ އަށް
ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021: ގައުމީ ލޯންގްބޯޑް ސާފިން ޗެމްޕިއަންކަން ކުޑައިއްސެ އަށް

ގައުމީ ރާޅާއެޅުމުގެ މުބާރާތުގައި މިއަހަރު މުޅިން އަލަށް ބޭއްވި ލޯންގްބޯޑް ސާފިން ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއިލް މިގްލާލް (ކުޑައިއްސެ) ކާމިޔާބުކޮށްފި އެވެ.

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021: ގައުމީ ލޯންގްބޯޑް ސާފިން ޗެމްޕިއަންކަން ކުޑައިއްސެ އަށް
ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021: ގައުމީ ލޯންގްބޯޑް ސާފިން ޗެމްޕިއަންކަން ކުޑައިއްސެ އަށް

ކުޑައިއްސެ ލޯންގްބޯޑް ޑިވިޝަން ކާމިޔާބުކުރީ ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ގައި މިއަދު ހަވީރު އޮތް މި ޑިވިޝަނުގެ ފައިނަލް ހީޓުގައި އަބްދުﷲ އަރީފް (ފުކޫ) އާ ވާދަކޮށް 11.83 ގެ ސްކޯއަކުން ކާމިޔާބު ކޮށްގެންނެވެ.

ޖުމްލަ ސްކޯއަކަށް 7.23 ލިބުނު ފުކޫއަށް ކުޑައިއްސެ ބަލިކުރަން އަށް ޕޮއިންޓް ހޯދަން ޖެހިފައި ވާއިރު، ފުކޫގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއަކީ 3.83 އަދި 3.40 ޕޮއިންޓެވެ.

ގައުމީ ފިރިހެން އޯޕަން ޝޯޓްބޯޑް ޑިވިޝަން ވިދިވިދިގެން ތިން ފަހަރު ކާމިޔާބުކޮށްފައިވާ ކުޑައިއްސެ ވަނީ ސެމީފައިނަލުގެ ހީޓުގައި މުހައްމަދު އަގްލީމްގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ހޯދައިފަ އެވެ. ފުކޫ މި ޑިވިޝަނުގެ ފައިނަލަށް އައީ ފުރަތަމަ ހީޓުގައި އަބްދުﷲ ލަތީފާއި ހުސެއިން ނިޒާމުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ލޯންގްބޯޑް ޑިވިޝަނުގެ ތިންވަނަ ހޯދީ، ހުކުރު ދުވަހު ބޭއްވި ބްރޯންޒް ހީޓުގައި ހުސެއިން ނިޒާމާއި މުހައްމަދު އަގުލީމާ ވާދަކޮށް، އަބްދުﷲ ލަތީފް (ޝެޑޯ) އެވެ.

މި އަހަރުގެ ފިރިހެން އޯޕަންގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފައިވާ ފުކޫ ވަނީ 2006 ވަނަ އަހަރު ގައުމީ ފިރިހެން އޯޕަން ޝޯޓްބޯޑް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ކުޑައިއްސެ ކެޓީ މިއަދު ކުއާޓާ ފައިނަލުގައި ހޫދު އަހުމަދު އަތުން ބަލިވުމުންނެވެ.

މިއަހަރު އަލަށް ތައާރަފް ކުރި އެސްޔޫޕީ އަދި ލޯންގްބޯޑް މިއިން ކޮންމެ ޑިވިޝަނެއްގައި ވެސް ވަނީ ފަސް އެތުލީޓުން ބައިވެރިވެފަ އެވެ. މިއީ މި ކެޓެގަރީގެ ރާޅާއެޅުމުގެ މުބާރާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.