އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި
އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި

އާޔާ ނަސީމްގެ ކެރިއާގެ އެންމެ ފަހުގެ ވާހަކަ އަކީ މިއެވެ؛ މިހާރު ކުރިއަށްދާ ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އޭނާ އެވެ. މިއީ، ރާއްޖެ ކަހަލަ ވަށައިގެން މޫދާއި ކަނޑު އޮތް ގައުމެއްގައި ޝަރަފުވެރި ކާމިޔާބީ އެކެވެ.

އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި
އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި

މޫދަށް އެރެން މާބޮޑު ސަރަހައްދެއް ނެތް މި މާލޭގައި އުޅެބޮޑުވި އާޔާގެ ހަޔާތަކީ މޫދާއި ރާޅުތަކަށް ފަރިތަ ހަޔާތެއް ކަމަށް އޭނާ ބުންޏެވެ. އުމުރުން އެންމެ 15 އަހަރުގައި މަޅުގަނޑު ހިފައިގެން އޭނާ ފުންމާލީ މާލޭގެ ވަރުނުލާ ރާޅުގަނޑަށެވެ. ރާޅާ އަޅައި، އޭގެ މައްޗަށް ކެރިއާއެއް ބިނާކުރަން މަސައްކަތް ފެށިތަނާ މުޖުތަމައުގައި އޮތް ތަފާތުކުރުމުގެ އޮއިވަރުގައި ނުޖެހި އޭނާ ވެސް ސަލާމަތެއް ނުވި އެވެ.

އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި
އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި

"އިތުރު އަންހެން ރައްޓެސަކާ ދެ މީހުން ސްކޫލްގައި އުޅެމުން އެންމެ ފުރަތަމަ ރާޅަށް ދާން ފެށީ. އެކަމަކު މީހުން ވަރަށް އެއްޗިހިކީ. ތިއީ އަންހެނުން ކުރަންޖެހޭ ކަމެއް ނޫނޭ. އެބަހުރި ދިމާލަށް ވެސް އެއްޗިހި ބުނެފައި،" ސްރީ ލަންކާގެ ސާފިން މުބާރާތްތަކުގެ މަސައްކަތްތަކުގައި ވެސް އުޅުނު އާޔާ ކިޔައިދިނެވެ.

އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި
އާޔާ: ހިތާއި ހަށިގަނޑާއި މުޅި ހަޔާތް ވެސް މޫދުގައި

"މިހާރު މަޑުމަޑުން އެ ވިސްނުން ބަދަލުވާން ފަށައިފި. އަދި އަޅުގަނޑަށް ގަބޫލު ކުރެވޭ އިތުރު އަންހެން ކުދިން ސްޕޯޓްސްގެއެއްގެ ގޮތުގައި މި ކުޅިވަރު ޗޫޒް ކުރާނެހެން."

ރާޅާ އެޅުމުގެ ގައުމީ މުބާރާތުގައި އަންހެން ޑިވިޝަން ހިމަނަން ބާރު އެޅީ އާޔާ ލީޑްކޮށް އެހެން އަންހެން ކުދިންނާ ގުޅިގެންނެވެ. އަންހެން ޑިވިޝަނަށް ކުދިން ހަމަކުރަން އާޔާ އާއި ގައުމީ މުބާރާތުގެ ރަނަރަފް ޝާޒިޔާ ސައީދު (ޝާޒް) ބައިވެރިވެ ފެށި މަސައްކަތަށް އުންމީދެއް ލިބުނެވެ. އޭގެ ކުރިން އާޔާ އާއި ޝާޒް އަދި އެހެން ބައެއް އަންހެން ކުދިން ގުޅިގެން "އެމްވީ ސާފް ގާލްސް" ގެ ނަމުގައި ކުޑަ ހަރަކާތެއް އޮތީ ފަށައިފަ އެވެ.

"ހަގީގަތުގައި ވެސް ވަރަށް މަސައްކަތް ކުރެވުނު ކަމެއް. އެސޯސިއޭޝަނާއި އެހެން އަންހެން ކުދިންނަށް ވެސް ކޮންވިސްކޮށްދޭން ފުދޭވަރަކަށް މަސައްކަތް ކުރަން ޖެހުނު އާޔާ އަދި ޝާޒް އަށް،" އާޔާ ބުންޏެވެ.

ރާއްޖޭގައި މިހާ ފުޅާ ކުރެވެން އޮތް ކުޅިވަރެއްގައި އަންހެން ޑިވިޝަން ނުހިމަނައި އެހާ ގިނަ ދުވަސް ވޭތުވެގެން ދިއުމަކީ ވެސް އޭނާ އަށް ހައިރާންކަން ލިބުނު ކަމެކެވެ.

އާޔާ ބުނިގޮތުގައި ރާޅާ އަޅަނީ ކޮންމެހެން މުބާރާތެއްގައި ވަނަ ހޯދަކަށް ނޫނެވެ. މާލެ އާއި ތުލުސްދުއަށް ބިނާވެފައިވާ އޭނާގެ ދިރިއުޅުމުގައި ފޫހިފިލުވަން އެންމެ ގިނައިން ކުރާ ކަމަކީ ވެސް ރާޅާ އެޅުމެވެ.

"އެންމެ އަޅާ ހިތްވަނީ ފްރީ ސާފިންއެއްގައި. މުބާރާތުގައި ހާސިލުކުރަން ބޭނުން ވަނީ އެހެން މަގްސަދެއް،" އާޔާ، 35، ބުންޏެވެ.

"އެއީ އަންހެން ކުދިންގެ ދައުރު މި ކުޅިވަރުގައި އޮތުން. އަދި އެހެން އަންހެން ކުދިންނަށް މި ކުޅިވަރަށް ވަނުމަށް ހިތްވަރުދޭން."

އާޔާގެ ކުޅިވަރުގެ ހަޔާތަށް ފަހު އޭނާގެ ރަސްމީ ޕްރޮފެޝަން ގުޅިފައި އޮތީ ވެސް މޫދާ އެވެ. ރާއްޖޭގައި އަންހެން މެރިން ބަޔޮލޮޖިސްޓުން މަދު ދާއިރާގައި އާޔާ އަކީ އެންމެ ހަރަކާތްތެރި މޫނެވެ.

"އެވެސް ހަމަ ކުޑައިރު ފެށުނު ކަމެއް. ރާޅާ އަޅަން ފެށުމުގެ ވެސް މާކުރިން އަބަދުވެސް މޫދަށާއި ފަރުމައްޗަށް ދަން. ދެން އެހެން އުޅެއުޅެ ލޯބި ޖެހުނީމަ ހިތަށް އަރައިފި މިދާއިރާއިންނޭ ކިޔަވާނީ. އެގޮތަށްވީ ކަމެއް،" އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީން މެރިން ބަޔޮލޮޖީގެ ދާއިރާއިން ކިޔެވި އާޔާ ކިޔައިދިނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާފައިވާ "މޯލްޑިވްސް ކޮރަލް އިންސްޓްޓިއުޓް" ގެ ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރަމުން އަންނަ އާޔާގެ ގިނަ ވަގުތުތައް ބިނާކޮށްފައިވަނީ ރާއްޖޭ ފަރުތަކުގައި ހެދޭ މުރަކަ އާލާ ކުރުމުގެ މަސައްކަތަށެވެ. އޭގެ އިތުރުން ފަރުތަކުގެ ދިރުންތައް ރައްކާތެރި ކުރުމަށް ބާރުއަޅައި ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމްތަކުގައި އޭނާ އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މުރަކަ އާލާ ކުރުމާއި ކަނޑުތަކުގެ ދިރުންތަކަށް އާޔާގެ ހިތް އޮތީ ހުސްކޮށްފަ އެވެ. ދެވަނަ އަށް އޮތީ އޭނާގެ ކުޅިވަރެވެ. ގައުމީ މުބާރާތުގެ ޗެމްޕިއަން ޓައިޓަލްއާއެކު ރާޅާ އެޅުމުގައި ވެސް ރާއްޖޭގެ އެންމެ އުހަށް އޭނާ އަށް ވާސިލު ވެވިއްޖެ އެވެ. މިހާހިސާބުން އަދި އޭނާގެ މަސައްކަތް އަދި ނުނިމެވެ. އެ ކުޅިވަރުގެ ތެރެއަށް އިތުރު އަންހެން ކުދިން ގެނައުމަށް އޭނާ ބާރު އަޅާނެ އެވެ.