25 ނޮވެމްބަރ 2021 - 20:39

ރާޅާ އެޅުމުގެ ގައުމީ މުބާރާތުގެ މެންސް އޯޕަން ޝޯޓްބޯޑްގެ ރައުންޑް 4 ގައި، އަހްމަދު އާގިލް (އައްމަޑޭ) އެންމެ މަތިން ސްކޯކޮށްގެން ހަވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ސީ ސްޕޯޓްސް ރަންނަމާރި ޗެެންޖުގެ ނަމުގައި ކުރިއަށްދާ ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ފިރިހެނުންގެ ޝޯޓްބޯޑް ރައުންޑް 4 ގެ ހުރިހާ ހީޓަކުން އެންމެ މަތިން އައްމަޑޭ ސްކޯކުރީ ހީޓް 2 ގައި ވާދަކޮށް 15.16 ޕޮއިންޓް ސްކޯކޮށްގެންނެވެ. އެ ހީޓްގައި ދެވަނަ ހޯދި ޖައިލަމް ނިޒާރަށް ސްކޯ ކުރެވުނީ 9.36 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ މަސްހޫދު ވަނީ 6.63 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ކޮންމެ ހީޓަކުން ވެސް އެއްވަނަ އާއި ދެވަނަ ކޮލިފައިވާނީ ރައުންޑް 6 އަށެވެ. ތިންވަނަ އާއި ހަތަރު ވަނައަށް ދާ އެތުލީޓުންނަށް ކޮލިފައިންގެ އިތުރު ބުރެއްގެ ގޮތުގައި ރައުންޑް 5 ގައި ވާދަކުރާނެ އެވެ.
ރައުންޑް 4 އިން ދެން އެންމެ ގިނަ ޕޮއިންޓް ހޯދީ، 14.34 ހޯދި ނަޖާހް މުހައްމަދު އެވެ. އޭނާ ވާދަކުރި ހީޓް 3 އިން ދެވަނަ ހޯދީ ޝަރޫފް ޝައިރު އެވެ. އޭނާ ވަނީ 10.43 ޕޮއިންޓް ހޯދައިފަ އެވެ. އެ ހީޓުން ތިންވަނަ ހޯދި އާދަމް މުއީން އިބްރާހިމަށް ލިބުނީ 7.00 ޕޮއިންޓެވެ.
ދެން އެންމެ ގިނަ ޕޮއިންޓް ހޯދީ، ހީޓް 7 ގައި ވާދަކުރި އަބްދުﷲ އަރީފް އެވެ. އޭނާ ވަނީ 12.67 ޕޮއިންޓް ހޯދައިފަ އެވެ. އެ ހީޓުން ދެވަނައަށް ދިޔައީ، 7.86 ޕޮއިންޓް ސްކޯކުރި އަހްޒަމް އިބްރާހިމް އެވެ.
އޯޕަން ޝޯޓްބޯޑްގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ ހީޓް 1 ގައި ވާދަކޮށް 11.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ހީޓުން ދެވަނަ ހޯދީ ޖީހާން އަހްމަދު ޝާކިރެވެ. އޭނާ ވަނީ 8.17 ޕޮއިންޓް ސްކޯކޮށްފަ އެވެ.
އެންމެ ފަހުގެ ރަނަރަފް ހޫދު އަހްމަދު ވަނީ ހީޓް 5 ގައި ވާދަކޮށް 10.77 ޕޮއިންޓް ސްކޯކޮށްފަ އެވެ. އެ ހީޓްގެ ދެވަނަ ހޯދި މުހައްމަދު ފަޔާޒު ސްކޯ ކުރީ 9.77 ޕޮއިންޓެވެ.
- އަހްމަދު އާގިލް 15.16 ޕޮއިންޓް
- ނަޖާހް މުހައްމަދު 14.34 ޕޮއިންޓް
- އަބްދުﷲ އަރީފް 12.67 ޕޮއިންޓް
- އިސްމާއީލް ރަޝީދު 11.67 ޕއޮިންޓް
- ހޫދް އަހްމަދު 10.77 ޕއޮިންޓް
- ޝަރޫފް ޝާއިރު 10.43 ޕޮއިންޓް
- މުހައްމަދު ފަޔާޒު 9.77 ޕޮއިންޓް
- އިބްރާހިމް އައިމަން އާރިފް 9.50 ޕޮއިންޓް
- ޖައިލްމަ ނިޒާރު 9.36 ޕޮއިންޓް
- ޖިނާން އަހްމަދު 9.34 ޕޮއިންޓް
- މުހައްމަދު ޒަޔާން 9.27 ޕޮއިންޓް
- އިސްމާއީލް މިގްލާލް 9.00 ޕޮއިންޓް
- ޖީހާން އަހްމަދު ޝާކިރު 8.17 ޕޮއިންޓް
- އަހްޒަމް އިބްރާހިމް 7.86 ޕޮއިންޓް
- އިބްރާހިމް އިގާން 6.70 ޕޮއިންޓް
- އަހްމަދު އަރުޒަން 6.46 ޕޮއިންޓް