24 ނޮވެމްބަރ 2021 - 22:08

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް އޮތުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މަގާމް ހުސްވެއްޖެ ކަމަށް ނިންމައިފި އެވެ.
އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާ ކަމެކެވެ.
އެ މައްސަލަ ބެލުމަށް ފަހު ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި ކުޑަހުވަދޫ މެޖިސްޓްރޭޓުގެ މަގާމް ހުސްވެފައިވާ ކަމަށް ވެސް މިރޭ ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.