ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް: އުމުރުން 11 އަހަރުގެ ދެ އެތުލީޓުން ހަތަރު ވަނަ ބުރަށް
ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް: އުމުރުން 11 އަހަރުގެ ދެ އެތުލީޓުން ހަތަރު ވަނަ ބުރަށް

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް ނުވަތަ ގައުމީ ރާޅާ އެޅުމުގެ މުބާރާތުގައި އުމުރުން 11 ދެ އެތުލީޓުން ކަމަށްވާ ކަޔާން އަބްދުﷲ އަރީފް އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މިއަދު ރައުންޑް 3 ގައި ވާދަކޮށް ކަޔާން އަބްދުﷲ އަރީފް ރައުންޑް 4 އަށް ދަތުރުކުރީ މުހައްމަދު ޝުހާން ބީޓްކޮށްފަ އެވެ. ކަޔާން ވަނީ 7.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. ޝުހާން އަށް ސްކޯ ކުރެވުނީ 2.67 ޕޮއިންޓެވެ.

ކަޔާން ޒަކީ ރައުންޑް 4 އަކަށް ދަތުރު ކުރީ ކަޔާން އަބްދުﷲ އަރީފްގެ ބައްޕަ، އަބްދުﷲ އަރީފްގެ ފަހަތުން ހީޓްގެ ދެވަނަ ހޯދައިގެންނެވެ. އަބްދުﷲ އަރީފް އެ ހީޓްގެ އެއްވަނަ ހޯދީ 9.26 ޕޮއިންޓް ސްކޯކޮށްގެންނެވެ. ކަޔާން ޒަކީ ވަނީ 5.36 ޕޮއިންޓް ސްކޯކޮށްފަ އެވެ.

މިއަދު ބޭއްވި ރައުންޑް 3 ގެ ހީޓްތަކުން އެއްވަނަ އާއި ދެވަނަ ވަނީ ހަތަރުވަނަ ބުރަށް ކޮލިފައިވެފަ އެވެ.

މާދަމާ ހެނދުނުގެ އިވެންޓްތައް ފަށާނީ ރައުންޑް 3 އިން ބާކީ އޮތް ދެ ހީޓުންނެވެ. އެއަށްފަހު ޖޫނިއާ އިވެންޓްތައް ފަށާނެ އެވެ.