މޯލްޑިވިއަން އިން ޑާކާ އަށް ޓިކެޓް އަގުހެޔޮކޮށްފި
މޯލްޑިވިއަން އިން ޑާކާ އަށް ޓިކެޓް އަގުހެޔޮކޮށްފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޓިކެޓުގެ އަގު މޯލްޑިވިއަން އިން ހެޔޮކޮށްފި އެވެ.

އެ އެއާލައިނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މިހާރު ޑާކާގެ ދެކޮޅު ޓިކެޓް ފެށޭ އަގު ވަނީ 406 ޑޮލަރަށް ދަށްކޮށްފަ އެވެ. އަދި އެއްކޮޅު ޓިކެޓެއްގެ ފެށޭ އަގު މިހާރު އުޅެނީ 225 ޑޮލަރަށެވެ.

މީގެ ކުރިން އެއްކޮޅު ޓިކެޓުގެ އަގު 390 ޑޮލަރަށްވުރެ ބޮޑެވެ.

ޑާކާގެ ޓިކެޓު އަގުހެޔޮ ކުރުމުގެ އިތުރުން އެ މަންޒިލަށް ދާން ބޭނުންވާ މީހުންނަށް ބެގޭޖް އެލަވެންސް ވެސް މިހާރު ވަނީ އިތުރު ކޮށްފަ އެވެ. އެގޮތުން، މިހާރު ކޮންމެ ފަސިންޖަރަކަށް 40 ކިލޯ ބެގޭޖް އެލަވެންސް ލިބޭނެ އެވެ.

މޯލްޑިވިއަން އިން ޑާކާ އަށް ދަތުރުތައް އަލުން ފެށީ މި އަހަރުގެ ޖުލައި މަހު އެވެ. އެ އެއާލައިނުން މިހާރު ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރެ އެވެ. އެއީ އާދީއްތަ، އަންގާރަ އަދި ހުކުރު ދުވަހު އެވެ.