ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި
ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި

ސޯލް (ޑިސެމްބަރު 9 ) - ސިޔާސީ ނިންމުންތައް ނިންމުމުގައި ގާތް ރަހުމަތްތެރިއެއްގެ ނުފޫޒް މާބޮޑަށް ވަދެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައިގެ މައްޗަށް އެ ގައުމުގެ ޕާލަމެންޓުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ އެކަމަނާ މަގާމުން މިއަދު ދުރުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި
ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި

ނޭޝަނަލް އެސެމްބްލީގައި ނެގި ވޯޓުގައި ޕާކުގެ އިތުބާރު ނެތް ކަމަށް 234 މެންބަރުން ވޯޓު ދިނެވެ. އެކަމަނާއާ އެއްކޮޅަށް ވޯޓު ދިނީ 56 މެންބަރުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ ހަމަ މެންބަރުން ތިއްބެވެ. ރައީސް މަގާމުން ދުރުކުރުމަށް ޕާލަމެންޓުގެ 300 މެމްބަރުންގެ ތެރޭން ތިންބައި ކުޅަ ދެބައި މެންބަރުންގެ ތާއީދު ބޭނުންވާނެ އެވެ. ޕާލަމެންޓުގައި ވޯޓު ނަގަމުންދިޔައިރު ވެސް ވަނީ ހިތްހަމަނުޖެހިފައި ތިބި އެތައް ހާސް ބަޔަކު ޕާލަމެންޓުގެ އިމާރާތުގެ ބޭރަށް އެއްވެ ޕާކާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.

ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި
ދެކުނު ކޮރެއާގެ ރައީސާ ވެރިކަމުން ދުރުކޮށްފި

ޕާކުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމާ އެކު ވަގުތީ ގޮތުން މިހާރު ވަނީ ބޮޑު ވަޒީރު ހަން ކިޔޯ އަން އަށް ބާރުތައް ހަވާލުކޮށްފަ އެވެ. ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސާގެ މައްސަލަ ދެން ދާނީ އެ ގައުމުގެ އެންމެ މަތީ ކޯޓަށެވެ. އެ ކޯޓުން ގޮތެއް ނިންމުމަށް 180 ދުވަސް ލިބޭނެ އެވެ. ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރޭން ހަ ފަނޑިޔާރުން ޕާކާ ދެކޮޅަށް ނިންމައިފި ނަމަ އެކަމަނާ ވާނީ ވެރިކަމުގައި ހުއްޓާ މަގާމުން ދުރުކުރި ދެކުނު ކޮރެއާގެ ފުރަތަމަ ރައީސާ އަށެވެ.

ޕާކަށް ދިމާވި މައްސަލަ އަކީ ސަރުކާރުގެ ތެރެއަށް، ސަރުކާރުގައި ވެސް ނުހިމެނޭ މީހެއްގެ ނުފޫޒް މާބޮޑަށް ވަދެފައިވުމެވެ. ކުރެވުނު ކަންތަކާ މެދު މީގެ ކުރިން ޕާކް ވަނީ ދެފަހަރަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަނާ އަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާ ހެދި "ހިތްފަޅައިގެން" ހިނގައްޖެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.