ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ
ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

ޔަންގޫން (ޑިސެމްބަރު 9) - ހަލާކުނުވެ ގިނަ ދުވަހަށް ދެމި އޮވެވޭ ރައްކާތެރި ހާލަތެއްގައި އޮތް ޑައިނޯސައެއްގެ ނަގުލެއް މިއަންމާ އިން ފެނިއްޖެ އެވެ. މިއީ ޑައިނަސޯއެއްގެ ފަތް ހިމެނޭ ބައެއް ދުނިޔެ އިން ފެނުނު ފުރަތަމަ ފަހަރެވެ.

ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ
ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި އުޅުނު ޑައިނަސޯއާ ގުޅުން ހުރި އެއްޗަކަށް މީގެ ކުރިން ފެނިފައިވަނީ ކައްޓާއި ބިހުގެ ބައިތަކެވެ.

ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ
ޑައިނަސޯއެއްގެ ފަތް ހުރި ނަގުލެއް ފުރަތަމަ ފަހަރަށް ފެނިއްޖެ

ބަޔޮލޮޖީ ޖާނަލްގައި މި ހޯދުމާ ބެހޭ ގޮތުން ރިޕޯޓްކޮށްފައިވާ ލިޔުންތެރިޔާ ކެނެޑާގެ މިއުޒިއަމްގެ ރަޔަން މެކްކެލާ ވިދާޅުވީ މިއީ އެމްބާއެއްގައި ޑައިނަސޯއެއްގެ ބައެއް ގިނަ ދުވަހަށް ހަލާކުނުވެ އޮއްވާ ފެނުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި ނަގުލުގައި ފަތް ހުރި ނަމަވެސް އެއީ ކުރީ ޒަމާނުގެ ދޫންޏެއްގެ އެއްޗެއް ނޫން ކަމަށާއި އެއީ ޑައިނޯސާއެއްގެ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންޑަނުގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމްގެ ޑރ. ޕޯލް ބަރޭ ވިދާޅުވީ މިއީ ވަރަށް އާދަޔާޚިލާފު "ޒަމާންވީ ހޯދުމެއް" ކަމަށެވެ.

މި ނަގޫ ނިސްބަތް ވަނީ މީގެ 99 މިލިއަން އަހަރު ކުރިން އުޅުނު ނުއުދުހެވޭ ޒާތުގެ ކުޑަ ޑައިނޯސާއަކަށް ކަމަށް ސައިންސްވެރިން ޔަގީންކުރެ އެވެ. މި ނަގޫ މިދިޔަ އަހަރު ފެނުނީ މިއަންމާގެ އެމްބާ މާކެޓަކުން ޗައިނާ ޔުނިވާސިޓީ އޮފް ޖިއޯސައެންސްގެ ޑރ. ލިޑާ ޒިންގަށެވެ.

އޭގެ ކުރިން ލަފާކުރީ އެއީ ގަހެއްގެ ބައެއް ކަމަށެވެ. ނަމަވެސް ނަގުލުގެ ކެމިސްޓްރީ ތަހުލީލުތައް ކުރުމަށް ފަހު ބުނެފައި ވަނީ އެއީ ޑައިނޯސާއެއްގެ ނަގުލުމުގެ ބައެއް ކަމަށެވެ.

ޑައިނޯސާއެއްގެ ނަގޫ ފެނުނު މިއާންގެ އިރު އުތުރުގެ ކަޗިން ސްޓޭޓުގައި އެމްބާ އުފައްދާތާ 2،000 އަހަރު ވެއްޖެ އެވެ. ޔުނިވާސިޓީ އޮފް ބްރިސްޓޯލްގެ ޕްރޮފެސާ މައިކް ބެންޓަން ލަފާކުރައްވާ ގޮތުގައި ކުޑަ ޑައިނޯސާ އެވަނީ އެމްބާ ރެސިންގައި ޖެހި އެއަށް ސަލާމަތް ނުވެ އެންމެ ފަހުން މަރުވެފަ އެވެ.

މިއަންމާގެ ހަމަ މި ސަރަހައްދުން މި އަހަރު ކުރީކޮޅު ސައެންސްވެރިން ވަނީ ދޫންޏެއްގެ ވަރަށް ޒަމާންވީ ފިޔަގަނޑެއް ވެސް ހޯދައިފަ އެވެ.