އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ
އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ކ. އަތޮޅުގައި ހުޅުވާ އޯބްލޫ ސެލެކްޓް ލޯބިގިލި އާއި އޯބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ
އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

އެ ހުރިހާ ވަޒީފާއެއްގެ ފުރުސަތު ވެސް ހުޅުވާލާފައިވަނީ ދިވެހިންނަށް ކަމަށް ވާއިރު، މީގެ ތެރޭގައި އަންހެނުންނަށް ހާއްސަ ވަޒީފާތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ބާޓެންޑާ އާއި އިންޖިއަނިއަރިން ކޯޑިނޭޓަރާއި ސެކިއުރިޓީ ކޯޑިނޭޓަރު ހިމެނެ އެވެ.

އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ
އާއިލާފުއްޓާއި ލޯބިގިއްޔަށް މުވައްޒަފުން ހޯދަނީ

އެ ރިސޯޓުތަކުން ނުވަ ދާއިރާއަކުން 39 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި އިންޖިނިއަރިން އާއި ހިއުމަން ރިސޯސަސް އާއި ބަދިގެ އާއި ރިސޯޓު ފިހާރަ އާައި ސްޓުވާޑިން އާއި ސެކިއުރިޓީ އާއި ފުޑް އެންޑް ބެވަރެޖަސް އާއި ހައސް ކީޕިން އާއި ފްރޮންޓް އޮފީސްގެ ދާއިރާ ހިމެނެ އެވެ.

މި ވަޒީފާތަކަށް ކުރިމަތިލާން ބޭނުންވާ މީހުން[email protected]އަށް ސީވީ ފޮނުވުމަށް އެޓްމޮސްފިއާއިން އެދެ އެވެ.

އާއިލާފުއްޓާއި ލޯބިގިލި އަކީ ވޯޓާވިލާތަކުން ގުޅުވާލާފައިވާ ދެ ރިސޯޓެވެ. މީގެ ތެރެއިން ލޯބިގިލި ރިސޯޓު އަންނަ މަހު ހުޅުވަން ތާވަލު ކޮށްފައިވާއިރު، އާއިލާފުށި ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓަށް ދެވޭނީ ހަމައެކަނި ލޯބިވެރިންނަށް ކަމަށް ވާއިރު، އެ ތަން ހަދާފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ.

އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ. މި ރިސޯޓުގައި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އާއިލާއާއެކު ނުވަތަ "ވޯކްކޭޝަން" އަށް ރާއްޖެ އަންނަ މީހުންނަށް މި ރިސޯޓު ކަމުދާނެ އެވެ.