ކްލަބު މޯލްޑިވްސް: ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ފަސް ލަނޑުން ބަލިކޮށްފި
ކްލަބު މޯލްޑިވްސް: ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ފަސް ލަނޑުން ބަލިކޮށްފި

ކްލަބު މޯލްޑިވްސް އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ޓީމުގެ މައްޗަށް 5-0 އިން މޮޅުވެއްޖެ އެވެ.

ކްލަބު މޯލްޑިވްސް: ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ފަސް ލަނޑުން ބަލިކޮށްފި
ކްލަބު މޯލްޑިވްސް: ޗެމްޕިއަން އެމްޕީއެލް އިން ފެނަކަ ފަސް ލަނޑުން ބަލިކޮށްފި

މުބާރާތުގެ ތަށި މިލުކު ކުުރުމުގެ ފުރުސަތު އެމްޕީއެލް އަށް ނުދޭން ވަރުގަދަ އަށް ތައްޔާރުވި ފެނަކަ އަށް އެމްޕީއެލް ކައިރީ މާބޮޑު ކަމެއް ނުކުރެވުނެވެ. ފިލިޕީންސްގެ ގައުމީ ލެވެލްގެ ދެ ކުޅުންތެރިން ޖަހައިގެން ނުކުތް ފެނަކަ ޓީމަށް ކުރިމަތިވި މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. މެޗުގައި މޮޅު ކުޅުމެެއް ދެއްކި އެމްޕީއެލްގެ ބިދޭސީ ކީޕަރު އަޒަމް އަބާކީ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

އެމްޕީއެލްގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ބިދޭސީ ފޯވާޑް މަދީނާ ފަޒިލޮވާ އެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ އާމިނަތު ޝާމިލާ، ފާތިމަތު ޖޫޒާން ޒަރީރު އަދި ފާތިމަތު ސާލިޔާ އެވެ.

އަންހެން ޑިވިޝަންގެ ދެވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އާއި ޕޮލިސް ކްލަބު ކުޅުނު މެޗު، ޑީއެސްސީ ކާމިޔާބު ކުރީ 3-1 އިންނެވެ.

ޑީއެސްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ފޯވާޑް ސަބީނާ ހާތުންނެވެ. އަނެއް ލަނޑު ޖެހީ މަރްޔަމް ހިފާ އެވެ. ޕޮލިސް ކްލަބުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު ފަދުވާ ޒާހިރެވެ.