ހުޅުމާލޭ ފޭސް ދޭކުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓް ފޭރިގެންފި
ހުޅުމާލޭ ފޭސް ދޭކުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓް ފޭރިގެންފި

ހުޅުމާލޭ ފޭސް ދޭކުން ދުވަސްވީ މީހެއްގެ އަތުން ފޯނާއި ވޮލެޓް ފޭރިގެންފި އެވެ.

ފުލުހުން ބުނީ 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓް ފޭރުނު މައްސަލައެއް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދުވަސްވީ މީހާގެ ފޯނާއި ވޮލެޓް ފޭރިގަނެގެން ދިޔައިރު އެ މީހާއަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބިފައިވެ އެވެ. އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް އެމީހާ ކިޔައިދޭ ވީޑިއޯއެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

"އޭނާ މަ ކޮށްޕާލައިފައި ވޮލެޓް ހިފައިގެން ދުއްވައިގަތީ،" އެމީހާ ބުނެ އެވެ.

އެ މީހާ ކިޔައިދޭ ގޮތުގައި އޭނާގެ ކަނާތުގެ ބޮޑު ބައެއް ނޫފައިގަނެ، ކޮނޑު ކައިރިން ތަންކޮޅެއް ކަނޑައިގެންދިޔައީ ފޭރުނު މީހާ، އޭނާ ކޮއްޕާލި ވަގުތު ފާރުގެ ކަނަކަށް ގޮސް ޖެހުމުންނެވެ. އަދިވެސް އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ނޫފައިގެންފަ އެވެ.

އެތަނުގައި ހުރި މީހެއްގެ ކައިރީ އެ ވާހަކަ ދެއްކުމުން އެކަން ފުލުހުންނަށް އެންގި ކަމަށާއި ފުލުހުން ވަނީ ވީވަރަކުން އެމީހާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައި ކަމަށް ވެސް އޭނާ ބުންޏެވެ.