މިރެ އާއި މާދަމާ ރޭ ބްރިޖުގެ ބައެއް ލޭންތައް ބަންދުވާނެ
މިރެ އާއި މާދަމާ ރޭ ބްރިޖުގެ ބައެއް ލޭންތައް ބަންދުވާނެ

މިރެ އާއި މާދަމާ ރޭގެ ވަކި ވަގުތެއްގައި ސިނަމާލެ ބްރިޖުގެ ބައެއް ލޭންތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިރޭ ބަންދުވާނީ ބުރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ކަމަށެވެ. އަދި މާދަމާ ރޭ ބަންދުކުރާނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭން ކަމަށެވެ. މި ދެ ރޭ ވެސް ބްރިޖުގެ ލޭން ބަންދުކުރާނީ ރޭގަނޑު 11:30 އިން ފެށިގެން ފަތިހު 5:30 ގެ އަށެވެ.

ބްރިޖުގެ އެކި ލޭންތައް ބަންދުކުރާ ވަގުތުތަކުގައި ފުލުުހުންގެ އިރުޝާދާ އެއްގޮތަށް ދެކޮޅަށް ދުއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބުރިޖު ބަންދުކުރަނީ ބައެއް މަރާމާތުގެ މަސައްކަތްތަކަށް ކަމަށްވެ އެވެ. މީގެ ކުރިން ވެސް އެކި މަރާމާތަށް ރޭގަނޑު ވަގުތާ ދިމާކޮށް ބްރިޖުގެ އެކި ލޭންތައް ބަންދުކުރި އެވެ.