ޖުނެއިދަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ޖުނެއިދަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދަށް ޖުނެއިދަށް ބިރުދެއްކިކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރި އެ ތަނުގެ މުވައްޒަފު މިރޭ ދޫކޮށްލައިފި އެވެ.

އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި އަބްދުﷲ ރަޝީދު، 60، ދޫކޮށްލީ، އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ކްރިމިނަލް ކޯޓުން ހަތް ދުވަސް ދީފައިވަނިކޮށެވެ.

ރަޝީދު ބުނީ ޖުނައިދަށް ބިރު ދެއްކި ކަމަށް ބުނެ ހުށަހެޅި މައްސަލަ ތަހުގީގު ނުކުރަން ފުލުހުން ނިންމައި، އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އޭނާ އިތުރު އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އޭނާ ބިރު ދެއްކީ ކޮން ގޮތަކަށް، ނުވަތަ ކީކޭ ބުނެގެން ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

"އަޅުގަނޑު ކުރިން ހުރި މަގާމުން ޑީމޯޓް ކުރިކަން އަންގާފައި ވަނީ. އެ މައްސަލަ ނުބަލަން ނިންމި ވާހަކަ ފުލުހުން މިހާރު ވަނީ އަންގާފައި،" ރަޝީދު ބުންޏެވެ.

ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.