އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ
އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ

ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން އަމީން ކޮންސްޓްރަކްޝަންއާ 32.9 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް މިއަދު ހަވާލުކޮށްފި އެވެ.

އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ
އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ

މި ދެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކްޓިވް އިބްރާހީމް އިސްމާއިލެެވެ. އަމީންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިިރެކްޓަރު އަބްދުﷲ މުހައައްމަދެވެ.

އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ
އައްޑޫގެ ދެ ސްކޫލެއް އަޕްގްރޭޑް ކުރަން 32.9 މިލިއަން ރުފިޔާ

އަޕްގްރޭޑް ކުރަން އަމީންއާ ހަވާލުކުރި ދެ ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލާއި ގްރޭޑް 7-12 އަށް ކިޔަވައިދޭ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާ އެވެ.

މީގެ ތެރެއިން ފޭދޫ ސްކޫލްގައި މި އަހަރު 520 ދަރިވަރުން ކިޔަވަ އެވެ.

މި ދެ ސްކޫލަށް ވެސް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފަ އެވެ. ހާއްސަކޮށް އަތޮޅު މަދަރުސާގެ އިމާރާތް ބާވުމުގެ މައްސަލަ ބޮޑެވެ. އެ ސްކޫލްގައި މި އަހަރު 209 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމީންއާ ހަވާލުކުރީ އަތޮޅު މަދަރުސާގައި ހަތަރު ކްލާސް ރޫމް، އޮފީސް، ލައިބްރަރީ އަދި ސްޓާފް ރޫމް ހިމެނޭ ގޮތަށް ތިން ބުރީގެ އިމާރާތެއް ހެދުމަށާއި ފޭދޫ ސްކޫލްގައި 12 ކްލާސް ރޫމާއި ހޯލެއް ހިމެނޭ ގޮތަށް ހަތަރު ބުރީގެ އިމާރާތެއް ހަދަން ކަމަށެވެ.

ފޭދޫ ސްކޫލްގެ ހަތަރު ބުރީގެ އިމާރާތަށް 22.2 މިލިއަން ރުފިޔާ ހަރަދުވާ އިރު މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އަތޮޅު މަދަރުސާގެ ތިން ބުރީގެ އިމާރާތަށް 10.7 މިލިއަން ހަރަދުވާ އިރު، މަސައްކަތް ފަށާތާ 300 ދުވަހުގެ ތެރޭގައި ޕްރޮޖެކްޓް ނިންމަން ޖެހެ އެވެ.

އަބްދުﷲ މިއަދު ވިދާޅުވީ ފޭދޫ ސްކޫލާއި އަތޮޅު މަދަރުސާގެ މަސައްކަތް އެއްބަސްވެފައިވާ ތާރީހަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މި ދެ ސްްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.